.jpg&w=3840&q=75)
ހަމަ އަސްލަށްވެސް ދިވެހީންގެ އެއާލައިން: މޯލްޑިވިއަނުން 6,000 އަށްވުރެ ގިނަ ޙާޖީންނާއި ޢުމްރާވެރިން އުފުލައިދީފި
# މޯލްޑިވިއަން-
މުޤައްދަސް ބިމަށް ދަތުރުކުރާ ދިވެހި އަޅުވެރިންގެ އެންމެ ފުރަތަމަ އިޚްތިޔާރަކަށް ރާއްޖޭގެ ޤައުމީ އެއަރލައިން "މޯލްޑިވިއަން" ވެފައިވާއިރު، ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އެ އެއަރލައިނުން 6,000 އަށްވުރެ ގިނަ ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ޚިދުމަތްދީފިއެވެ.

މޭ 2025 އިން ފެށިގެން މި އަހަރުގެ މޭ މަހާ ހަމައަށް މޯލްޑިވިއަންއިން ވަނީ ޙައްޖާއި ޢުމްރާގެ ޖުމްލަ 26 ފްލައިޓް ކާމިޔާބުކަމާއެކު އޮޕަރޭޓްކޮށްފައެވެ. މި ދަތުރުތަކުން ޖުމްލަ 6,073 ފަސިންޖަރުން ދަތުރުކޮށްފައިވާއިރު، އޭގެ ތެރޭގައި މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ޚާއްޞަކޮށްގެން ބޭއްވި 4 ފްލައިޓް ހިމެނެއެވެ. މި ފްލައިޓްތަކުގައި ދަތުރުކުރި 1,016 ޙައްޖުވެރިން މިހާރު ތިބީ ސައުދީ އަރަބިއްޔާގައެވެ.
ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިން ދަތުރު ކުރުމުގައި ޤައުމީ އެއަރލައިނަށް އިސްކަންދެނީ، އަމިއްލަ އެއަރލައިނުން ލިބޭ އަހުލުވެރިކަމާއި ހިތްހަމަޖެހުމުގެ ސަބަބުންނެވެ. އަދި ދަތުރުތަކުގެ ރައްކާތެރިކަމާއި، ގަޑިއަށް ފުރުމާއި، ފުރިހަމަ އިންތިޒާމުތަކަށް މޯލްޑިވިއަންއިން ދޭ ސަމާލުކަމަކީ ދަތުރުވެރިންގެ އިތުބާރު ހޯދާފައިވާ މުހިންމު ސަބަބެކެވެ.
މީގެ އިތުރުން، ބޮޑެތި ގްރޫޕްތަކަށް ޚާއްޞަކޮށްގެން ފޯރުކޮށްދޭ ޚިދުމަތްތަކާއި، މުވައްޒަފުންގެ އޯގާތެރިކަމުގެ އިތުރުން، ދިވެހި އަޅުވެރިންނަށް އެންމެ ފަސޭހަވާނެހެން ސީދާ ދަތުރުތައް ތާވަލުކޮށްދިނުމަކީ މޯލްޑިވިއަންއިން ޙައްޖުވެރިންނަށް ފަހިކޮށްދޭ އެންމެ ބޮޑު ލުޔެވެ.
ގުޅުންހުރި

އައު ޖީލުގެ "ޓްވިން އޮޓަރ ކްލެސިކް 300-ޖީ" ގެ ދެ ސީޕްލޭން ރާއްޖެއަށް ތައާރަފްކުރާ ފުރަތަމަ އެއާލައިންއަކަށް ގައުމީ އެއާލައިން މޯލްޑިވިއަން!

ބައިނަލްއަޤްވާމީ މައިދާނުގައި ޤައުމީ އެއާލައިންގެ ވިދުން: އިންޑިއާ ކަނޑުގެ އެންމެ ކުރިއަރާފައިވާ އެއާލައިނަށް ވާދަކުރަނީ

ޑޭޝް 8ގެ މިބޯޓަށް އަލްވަދާއު: ދިވެހިންގެ އެތައް ހަނދާންތަކަކާ ގުޅިފައިވާ ބޯޓެއްގެ ދަތުރު ނިމުނީ!
.jpg&w=3840&q=75)



