logoEN
WAMCO TOP 1
11 ގަޑިއިރުގެ ސީދާ ދަތުރާއެކު އޮސްޓްރޭލިއާ ރާއްޖެއާ ގާތަށް!

11 ގަޑިއިރުގެ ސީދާ ދަތުރާއެކު އޮސްޓްރޭލިއާ ރާއްޖެއާ ގާތަށް!

އަހުމަދު ޝުރާއު

logo

5/19/2026, 7:16:52 AM

# މޯލްޑިވިއަން

-

ޤައުމީ އެއަރލައިން މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ފެށި ތާރީޚީ ދަތުރުތަކުގެ ތެރެއިން، މެލްބަންއިން ފުރި ފުރަތަމަ ފްލައިޓް 240 ފަތުރުވެރިންނާއެކު މިއަދު މާލެ އައިސްފިއެވެ.

THE TRAVELLER AD

މިއީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ.

މޯލްޑިވިއަންގެ ސީދާ ދަތުރުތައް އޮސްޓްރޭލިއާއަށް ފެށުން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިއަދު ހެނދުނު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެ ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންނަށް ދިވެހި ސަޤާފީ ބޮޑުބެރާ އެކު ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއަރކްރާފްޓް ބޭނުންކޮށްގެން ކުރާ މި ސީދާ ދަތުރުތަކަކީ 11 ގަޑިއިރުގެ ދިގު ދަތުރުތަކެކެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފުތާއަކު އެއް ފަހަރުއެވެ. އެގޮތުން ރާއްޖެއިން އޮސްޓްރޭލިއާއަށް ކޮންމެ އާދިއްތަ ދުވަހަކު ފްލައިޓް ފުރާއިރު، އޮސްޓްރޭލިއާއިން އެނބުރި ރާއްޖެއަށް އަންނާނީ އަންގާރަ ދުވަހުއެވެ.

މޯލްޑިވިއަނުން ބުނީ އޮސްޓްރޭލިއާގެ މެލްބަންއަށް ދަތުރުތައް ފެށުމަށް ނިންމީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހުގައި ކަމަށެވެ. އޮސްޓްރޭލިއާއަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމަކަށް ވުމަކީ މި ދަތުރުތައް ފެށި މައިގަނޑު އެއް ސަބަބުކަމަށް އެ ކުންފުނިން ބުނެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެ ޤައުމުން ރާއްޖެއަށް 18,066 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޮސްޓްރޭލިއާއަކީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 10 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.

މި ދަތުރުތަކާއެކު އޮސްޓްރޭލިއާއިން ރާއްޖެއަށް އަހަރެއްގެ ތެރޭގައި 11,000 ފަތުރުވެރިން ގެނެވޭނެ ކަމަށް މޯލްޑިވިއަނުން ލަފާކުރެއެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި މި ދަތުރުތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑެވެ. އެގޮތުން ކުރިއަށް ހުރި ފްލައިޓްތައް މިހާރުވެސް 50 އިންސައްތަ ފުލްވެފައިވާއިރު، ފުރަތަމަ ބާއްވާ 3 ފްލައިޓް މިހާރު އެއްކޮށް ފުލްވެފައިވާ ކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.

ކޮމެންޓް
ފަހުގެ
HDC