logoEN
cocacola
އަމީނީ މަގު އެއްކޮޅުން އަނެއްކޮޅަށް ބަލާ, މައްސަލަތައް ހައްލު ކުރަނީ

އަމީނީ މަގު އެއްކޮޅުން އަނެއްކޮޅަށް ބަލާ, މައްސަލަތައް ހައްލު ކުރަނީ

އަލްފާ އަލީ

logo

1/24/2024, 6:47:05 AM

# އަމީނީ މަގު# އާރުޑީސީ

އަމީނީ މަގު --- ފޮޓޯ| އާރުޑީސީ

އަމީނީ މަގު އެއްކޮޅުން އަނެއް ކޮޅަށް ބަލައި މައްސަލަތައް ހަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ގޮސިޔާ

ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ އަމީނީ މަގުގެ ތާރު އަޅާފައިވާ ބައެއް ސަރަހައްދުތަކުން ތާރުތައް ނެއްޓިގެން ދިއުމާއި ބައެއް ތަންތަނުގައި ވަޅުގަނޑު ހެދިފައި ހުރިކަމުގެ ޝަކުވާތައް ގިނަވެފައިވާ ދަނޑިވަޅެއްގައެވެ.

އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން އިއްޒުއްދީންމަގާއި ހަމައަށް ތާރު އެޅުމުގެ މަސައްކަތް ކޮށްފައިވަނީ ކުރީ ސަރުކާރުންކަމަށެވެ.

ވަޒީރުގެ މެސެޖުގައި ފާހަގަކޮށްފައިވާ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ކުރީ ސަރުކާރުން ހަދާފައިވާ އަމީނީ މަގުގެ ސެގްމަންޓްތަކުން ހަލާކުވެފައިވާ ތަންތަނުގެ ފޮޓޯތަކެވެ.

ވަޒީރު ވިދާޅުވީ އަމީނީ މަގު "އެއްކޮޅުން އަނެއްކޮޅަށް" ބަލައި، ފާހަގަވާ މައްސަލަތައް ރަނގަޅުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިހާރު ކުރަމުންދާކަމަށެވެ.

އަމީނީމަގު މަސައްކަތަކީ ޖުމްލަ 13 ސެގްމެންޓަކަށް ބަހާލައިގެން ކުރީ ސަރުކާރުން ފެށި މަޝްރޫއެކެވެ. މި މަޝްރޫއުގައި ހިމެނޭ ފަހު ދެ ސެގްމެންޓުގެ މަސައްކަތް ނިންމާލީ މި ސަރުކާރުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަމީނީ މަގު މަސައްކަތް އަވަހަށް ނިންމުމަށް ހާއްސަ އިސްކަމެއް ދެއްވާފައ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ