logoEN
cocacola
އޭޝިއަން  ކަޕް: ސީރިޔާ އަތުން ބަލިވެ، އިންޑިއާ މުބާރާތުން ކަޓައިފި

އޭޝިއަން ކަޕް: ސީރިޔާ އަތުން ބަލިވެ، އިންޑިއާ މުބާރާތުން ކަޓައިފި

ހަސަން ޝަމްއޫން

logo

1/24/2024, 12:30:00 AM

# އޭޝިއަން ކަޕް 2024

ސީރިއާ އާއި އިންޑިއާ ވާދަކުރި މެޗުގެ ތެރެއިިން

ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި އަންގާރަދުވަހުގެ ރޭ 1-0 ގެ ނަތީޖާއަކުން ސީރިއާ އަތުން ބަލިވެ، އިންޑިއާ މުބާރާތުން ކަޓައިފިއެވެ.

ގޮސިޔާ

މުބާރާތުގައި އިންޑިއާ އިން ކުޅުނު ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން އޮސްޓްރޭލިއާ އަތުން އެޓީމު ބަލިވެފައިވާއިރު، ދެވަނަ މެޗުގައި އުޒްބެކިސްތާން އަތުން ބިލިވީ 3-0 ގެ ނަތީޖާއަކުން ނެވެ. އަދި މިމެޗަށް ނުކުތްއިރު ވެސް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ އަމިއްލަ ބާރު އެޓީމަށް އޮތީ ގެއްލިފައެވެ.

މިމެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރީ ސިީރިއާ އިންނެވެ. އަދި މިހާފުގައި އެޓީމުން ވަނީ އިންޑިއާގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ސީރިއާ އިންނެވެ. އަދި އެޓީމުން މެޗުގެ ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އޮމަރު އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު އިބްރާހިމް ހެސަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސީރިއާ ކުރީގައި އޮވެގެންނެވެ.

އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ތިން މެޗުން ސީރިއާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެޓީމު ގުރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލީ ގުރޫޕް ބީގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި އިންޑިއާއިން މުބާރާތް ނިންމާލީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ގުރޫޕްގެ ފުލުގައި އޮވެއެވެ. އަދި މިމުބާރަާތުގައި އެޓީމުން ކުޅުނު ތިން މެޗުގައި ބައިކޮޅަށް 6 ލަނޑު ވަދެފައިވާއިރު އެންމެ ލަނޑެއް ވެސް އެޓީމަށް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ