logoEN
cocacola
ފިރިހެނުންގެ ދުވަސް: ގައްދޫ ކައުންސިލްގެ އަންހެން މުވައްޒަފުންގެ ފަރާތުން ޚާއްސަ ފުޓްސަލް މުބާރާތެއް ބާއްވައިފި

ފިރިހެނުންގެ ދުވަސް: ގައްދޫ ކައުންސިލްގެ އަންހެން މުވައްޒަފުންގެ ފަރާތުން ޚާއްސަ ފުޓްސަލް މުބާރާތެއް ބާއްވައިފި

ހަސަން ޝަމްއޫން

logo

11/21/2023, 4:48:02 PM

IMG_20231121_164230

ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަހުގެ މުނާސަބާގައި ގައްދޫ ކައުންސިލްގެ އަންހެން މުވައްޒަފުންގެ ފަރާތުން، އެއިދާރާގެ ފިރިހެން މުވައްޒަފުންނަށް ޚާއްސަކޮށްގެން "މެންސް ފުޓްސަލް ކަޕް 2023" ގެ ނަމުގައި ވަން ޑޭ ފުޓްސަލް މުބާރާތެއް" ބާއްވައިފިއެވެ.

ގޮސިޔާ

ގައްދޫ ކައުންސިލްގެ ސެކެޓްރީ ޖެނަރަލް ފާޠިމަތު ރުކްޝާނާ ގާފު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަހަރުގެ ފިރިހެނުންގެ ދުވަހުގެ މުނާސަބަތުގައި އެ އިދާރާގެ އަންހެން މުވައްޒަފުންގެ ފަރާތުން އެއްދުވަހުގެ ފުޓްސަލް މުބާރާތެއް ބޭއްވުމުގެ ބޭނުމަކީ އެއިދާރާގެ ފިރިހެން މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށް މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގުސަދުގައެވެ.

undefined

އިތުރު ވާހަކަދައްކަމުން ރުކްޝާނާ ވިދާލުވީ މިމުބާރާތް އިންތިޒާމުކޮށްގެން ކުރިއަށްގެދިއުމުގައި އެއިދާރާގެ ހުރިހާ އަންހެން މުވައްޒަފުންގެ އަމަލީގޮތުން ބައިވެރިވެފައިވާކަމަށާއި، މުބާރާތުގެ އޮފިޝަލުންގެ އިތުރުން ޓީމުތަކުގެ މެނޭޖަރުންގެ ގޮތުގައި ވެސް ހަރަކާތްތެރިވެލެއްވީ އެއިދާރާގެ ހީވާގި އަންހެން ކަނބަލުންނެވެ. އަދި މިމުބާރާތުގައި ގައްދޫ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ޢިޖުތިމާއީ މުވައްޒަފުންގެ އިތުރުން މިސްކިތު މުވައްޒަފުންގެ ތެރޭއިން 4 ޓީމު ވާދަކޮށްފައިވާކަމަށެވެ.

undefined

undefined

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ