logoEN
cocacola
އަނެއްކާވެސް ނެޓްފްލިކްސް ގެ ފީ ބޮޑުކުރަނީ

އަނެއްކާވެސް ނެޓްފްލިކްސް ގެ ފީ ބޮޑުކުރަނީ

ޝަޖާއަތު އަހުމަދު

logo

10/12/2023, 9:21:07 AM

# ނެޓްފްލިކްސް

photo-1637363990764-de84fd247b7d

މަޤްބޫލު ސްޓްރީމިންގް ސައިޓް ނެޓްފްލިކްސް އިން އަނެއްކާވެސް ހިދުމަތުގެ އަގަށް ނަގާ ފީ ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ވޯލްސްޓްރީޓް ޖޯނަލް ގެ ރިޕޯރޓް އެއްގައި ބުނެފިއެވެ.

ގޮސިޔާ

އެ ރިޕޯރޓް ބުނާ ގޮތުގައި ހޮލީވުޑް ގެ ފަންނާނުން ކުރި އިހުތިޖާޖުތައް ނިންމާލިތާ މަދު ދުވަސްކޮޅެއްތެރޭގައި ނެޓްފްލިކްސް ގެ އަގުތަކަށް ބަދަލު ގެންނާނެ ކަމަށެވެ. އެމެރިކާ އަދި ކެނަޑާ ހިމެނޭހެން ގިނަ މާކެޓް ތަކެއްގައި ނެޓްފްލިކްސް ބޭނުން ކުރުމަށް ނަގާ ފީ މަތިވެގެން ދާނެއެވެ. މި މައުލޫއަށް ނެޓްފްލިކްސް އިން ބަހެއް ބުނުމަށް ދެކޮޅުހަދާފައިވުމުން ފީއަށް ގެންނަ ބަދަލުގެ ތަފްސީލްތައް އެނގިފައި ނުވެއެވެ. ނެޓްފްލިކްސް އިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ވެސް އެހިދުމަތުގެ އަގުތައް ބޮޑުކޮށްފައެވެ. މީގެ އިތުރުން ނެޓްފްލިކްސް އެކައުންޓުގެ ޕާސްވޯޑް އެހެން މީހުންނާއި ހިއްސާކޮށްގެން އެކައުންޓްތައް ބޭނުންކުރާކަން ފާހަގަކޮށް އެކަން ހުއްޓުވުމަށްވެސް މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ހޮލީވުޑްގެ އެކި ފަންނާނުން ނިސްބަތްވާ ރައިޓަރސް ގިލްޑް އޮފް އެމެރިކާއިން ކުރަމުންގެންދިޔަ އިހުތިޖާތުތައް ހުއްޓާލުމަށްފަހު ސްޓްރީމިންގް ހިދުމަތަށް ބަދަލުތައް ގެނައުމަށް މަޖުބޫރުވާފަދަ ކޮންޓްރެކްޓް އެއް އެކުލަވާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ނެޓްފްލިކްސް ގެ އިތުރުން ޑިޒްނީ ޕްލަސް، ހޫލޫ އަދި އެހެނިހެން ސްޓްރީމިންގް ހިދުމަތްތަކުން ރައިޓަރސް ގިލްޑް އޮފް އެމެރިކާ އަށް ޑާޓާ ހިއްސާކުރަންޖެހޭ ގޮތަށް މި ކޮންޓްރެކްޓް ގައި ބަޔާން ވެފައިވެއެވެ. އޭގެ ސަބަބުން ލިޔުންތެރިންނާއި ޕްރޮޑިއުސަރުންނަށް އެމީހުންގެ އުފެއްދުންތައް އެ މަންސައެއްގައި މަޤްބޫލުކަން ހުރިގޮތާއި ބެލުންތެރިން ޝައުގުވެރި ކުރުވާ މިންވަރު އަންދާޒާ ކުރަން ފަސޭހަވެގެން ދާނެއެވެ. އަދި މި ކޮންޓްރެކްޓް ގެ ސަބަބުން ޕިލްމް އުފައްދާ ފަރާތަށް ސްޓްރީމިންގް މަންސައިން ލިބޭ އާމްދަނިގެ އިންސައްތަ ވެސް މަތި ކުރުމަށް ހިމެނިފައިވެއެވެ. މިބަދަލު ގެނައި ނަމަވެސް ނެޓްފްލިކްސް ގެ ޖުމްލާ އާމްދަނީގެ ނިސްބަތަށް ބަލާއިރު އެއީ އެންމެ 0.2 އިންސައްތައިގެ ބަދަލެކެވެ.

ފީއަށް ގެންނަ ބަދަލުގެނައުން ނެޓްފިލްސް އިން މަޑުޖައްސާލާފައި މި ވަނީ ހޮލީވުޑް ގެ ފަންނާނުންތައް އިހުތިޖާޖަށްފަހު މަސައްކަތަށް ނުކުމެ އާ އުފެއްދުންތައް ނެޓްފްލިކްސް އަށް އިތުރުވެގެން ދާ ދަޑިވާޅަކާއި ދިމާވެފައިވާތީއެވެ. ނެޓްފްލިކްސްގެ އިތުރުން ޑިޒްނީ ޕްލަސް ފަދަ އެހެން ބަޔެއް މަންސަތަކުންވެސް ސްޓްރީމިންގް ހިދުމަތުން ނަގާ ފީ އަށް ބަދަލު އައުން އެކަޝީގެން ވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ