logoEN
Sto top
"ވިތު ލަވް، މޭގަން" : މޭގަން މާކަލްގެ ސީރީޒެއް ނެޓްފްލިކްސްއަށް އަންނަނީ!

"ވިތު ލަވް، މޭގަން" : މޭގަން މާކަލްގެ ސީރީޒެއް ނެޓްފްލިކްސްއަށް އަންނަނީ!

ސާރާ އަހުމަދު

logo

1/3/2025, 4:00:00 AM

# ނެޓްފްލިކްސް

--

މޭގަން މާކަލް އޭނާގެ ކުރިއަށް އޮތް ނެޓްފްލިކްސް ލައިފްސްޓައިލް ސީރީޒް "ވިތު ލަވް، މޭގަން" ގެ ފުރަތަމަ ޓްރެއިލާ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ.

Wamco

އޭނާ މި ޓްރެއިލާ ހިއްސާކުރީ އިންސްޓަގްރާމާއި ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު އަނބުރާ އިންސްޓްރގްރާމަށް އައިތާ އެއް ދުވަސް ފަހުންނެވެ.

ޓްރެއިލާގައި މޭގަން ފެނިގެންދަނީ މިންޑީ ކަލިންގް، ރޯއީ ޗޯއީ، އެލިސް ވޯޓާސް އަދި ޕްރިންސް ހެރީ ފަދަ ހާއްސަ މެހެމާނުންނާ އެކު ކެއްކުމާއި ބަގީޗާ ހެއްދުމުގެ އުޅޭ މަންޒަރުތަކުންނެވެ.

ޝޯގެ އޮފިޝަލް ޕްލޮޓް ޑިސްކްރިޕްޝަންގައި ބުނެފައި ވަނީ މޭގަން ޕްރޮޑިއުސްކޮށްފައިވާ މި ސީރީޒްއަކީ ލައިފްސްޓައިލް ޖޯންރާއެއް ކަމަށެވެ. އަދި ކެއްކުމާއި ބަގީޗާ ހެދުމުގެ އިތުރުން ރައްޓެހިންނާ އެކު ދެކެވޭ ވާހަކަތައް އެކުލެވިގެންވާ ކަމަށެވެ.އަދި މިކަންކަމުގައި މޭގަންގެ އަމިއްލަ ޓިޕްސްވެސް ހިއްސާކުރެއެވެ. ބަދިގެއާއި ބަގީޗާގައި ރައްޓެހިންނާއިއެކު ހޭދަކުރާ ވަގުތުތައްވެސް ފެނިގެންދެއެވެ.

ޓްރެއިލާ ޝެއާކޮށް މޭގަން ކުރި އިންސްޓަގްރާމް ޕޯސްޓުގައި އޭނާ ބެލުންތެރިންނާ މިވާހަކަ ހިއްސާކުރަނީ ވަރަށް އުފަލުން ހުރެ ކަމަށް ބުނެފައިވެއެވެ. އަދި އޭނާއެކޭ އެއްފަދައިން ޝޯ ބަލާ އެންމެނަށްވެސް އެ ޝޯ ކަމުދާނެކަމަށް ހީކުރާ ކަމަށްވެސް އޭނާ ބުނެފައިވެއެެވެ. އަދި ކްރޫއަށާއި ނެޓްފްލިކްސްގެ ޓީމަށް އޭނާގެ މި ޕްރޮޑަކްޝަނަށް ދިން އެހީތެރިކަމަށް ޝުކުރުއަދާކޮށްފައިވެއެވެ.

މައިކަލް ސްޓީޑް ޑައިރެކްޓްކޮށްފައިވާ މި ޝޯގައި 33 މިނެޓުގެ 8 އެޕިސޯޑް ހިމެނޭއެވެ. އަދި މިއީ މިއީ ސޮނީ ޕިކްޗާސް ޓެލެވިޒަންގެ ބައެއް ކަމަށްވާ މާކަލް އާއި ހެރީގެ އާޗޭވެލް ޕްރޮޑަކްޝަނާއި އިންޓެލެކްޗުއަލް ޕްރޮޕަޓީ ކޯޕަރޭޝަން (އައިޕީސީ) ގުޅިގެން އުފައްދާ ޝޯއެކެެވެ. އަދި އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ތެރޭގައި އާޗޭވެލްގެ މާކަލް އާއި ޗެނެލް ޕިސްނިކް، އައިޕީސީއަށް އާރޮން ސައިޑްމަން އަދި އެލީ ހޮލްޒްމަން އަދި ޝޯރަނަރު ލިއާ ހަރިޓަން ހިމެނެ އެވެ.

"ވިތު ލަވް، މޭގަން" ނެޓްފްލިކްސް އިން ޕްރިމިއާ ކުރަނީ ޖެނުއަރީ 15 ގަ އެވެ. ތިރީގައި ވާ ލިންކުން ޓްރެއިލާ ފެނިގެންދާނެއެވެ.

Watch on YouTube

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside