
--
މިދިޔަ އަހަރަށް ބަލާއިރު ނެޓްފްލިކްސް އަށް ވަރަށް ތަފާތު ގިނަ ފިލްމާއި ސީރީޒް ވަނީ އައިސްފައިއެވެ.

އެހެންވީމާ މި ނިމުނު އަހަރު ނެޓްފްލިކްސްއިން އެންމެ ގިނައިން ބެލި ޝޯތަކަކީ ކޮބާތޯ ބަލައިލުން ކިހިނެއްވާނެ ހެއްޔެވެ؟
1."ފުލް މީ ވަންސް"
ޑޭވިޑް މޫރު ޑައިރެކްޓްކޮށްފައިވާ 8 އެޕިސޯޑްގެ މައްޗަށް އެކުލެވޭ މި ސީރީޒް ރިލީޒްކުރީ 1 ޖެނުއަރީގައިއެވެ. މި ސީރީޒްއަށް 107.5 މިލިއަން ވިއުސް ލިބިފައިވެއެވެ. މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި މިޝޭލް ކީގަން، އަދީލް އަޚްތަރު، ރިޗަޑް އާމިޓޭޖް، ދާނިޔާ ގްރިވާ އަދި ޑެނިއަލް ބަޓް ހިމެނެއެވެ. މި ސީރީޒްއިން ފެނިގެންދަނީ ވިޑޯ މާޔާ ސްޓަރން (ކީގަން) އޭނާގެ ފިރިމީހާ ޖޯ (ބުރުކެޓް) ގެ އަނިޔާވެރި މަރާ ކުރިމަތިލާ އެކަމުން އަރައިގަންނަން ކުރާ މަސައްކަތެވެ. ނަމަވެސް އޭނާގެ ދަރިފުޅުގެ ނެނީ ކެމެރާއިން އޭނާގެ މަރުވެފައިވާ ފިރިމީހާ ހުރިތަން ފެނުމުން އޭނާއަށް ބޮޑު ޝޮކެއް ލިބޭތަން މި ސީރީޒްއިން ފެނިގެންދާނެއެވެ. މި ސީރީޒް ބިނާކޮށްފައި ވަނީ ހާލަން ކޯބެންގެ ހަމަ އެ ނަމުގެ މައްޗަށް ލިޔެފައިވާ ނޮވެލްއަށެވެ.
2."ބްރިޖަރޓަން" ސީޒަން 3
ބްރިޖަރޓަން އަކީ ނެޓްފްލިކްސްގެ އެންމެ ކާމިޔާބު އެއް ޝޯއެވެ. 24 އެޕިސޯޑްގެ މައްޗަށް އެކުލެވޭ މި ސީރީޒް ރިލީޒްކުރީ 16 މެއިގައިއެވެ. މި ސީރީޒްއަށް 91.9 މިލިއަން ވިއުސް ލިބިފައިވެއެވެ. މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި ނިކޮލާ ކަފްލާން، ލޫކް ނިއުޓަން، ކްލައުޑިއާ ޖެސީ، ލޫކް ތޮމްޕްސަން، ގޯލްޑާ ރޮޝައުވެލް، ޖޮނަތަން ބެއިލީ، ސައިމަން އެޝްލީ، ލޫކް ނިއުޓަން އަދި ފީބީ ޑައިނެވާ ހިމެނެއެވެ. މި ސީރީޒްއިން ފެނިގެންދަނީ އަށާރަވަނަ ޤަރުނުގެ ލަންޑަނުގައި ކައިވެންޏަށް ޝަރުތު ހަމަވާ މުއްސަނދި އަދި ބާރުގަދަ ބްރިޖާޓަން އާއިލާގެ އެއްބަނޑު އެއްބަފާ އަށް މީހުން ލޯބި ހޯދަންކުރާ ކުރަ މަސައްކަތެވެ. ސީޒަން ތިނެއްގައި ލޭޑީ ވިސްލްޑައުންގެ އައިޑެންޓިޓީ ހާމަވުމާއި ޕެނެލޯޕް (ކަފްލާން) އާއި ކޮލިން ބްރިޖަރޓަން (ތޮމްޕްސަން) އާ ދެމެދު އޮތް ރޮމޭންސް ވެސް ދައްކުވައިދެ އެވެ.
3."ބޭބީ ރެއިންޑިއާ"
ޝޯގެ ލީޑް އެކްޓަރ ރިޗަޑް ގެޑް އުފައްދަވާފައިވާ 7 އެޕިސޯޑްގެ މައްޗަށް އެކުލެވޭ މި ސީރީޒް ރިލީޒްކުރީ 11 އޭޕްރީލްގައިއެވެ. މި ސީރީޒްއަށް 87.6 މިލިއަން ވިއުސް ލިބިފައިވެއެވެ. މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި ރިޗަޑް ގާޑްގެ އިތުރުން ޖެސިކާ ގަންނިން އަދި ނަވާ މައު ހިމެނެއެވެ. މި ސީރީޒްއިން ފެނިގެންދަނީ ސްޓްރަގަލިން ކޮމީޑިއަން ޑޮނީ ޑަން (ގަޑް) އާމްދަނީ ހޯދާނެ އެހެން ގޮތެއް ޚިޔާރުކުރުމަށް ބާޓެންޑަރެއްގެ ގޮތުގައި މަސައްކަތްކުރާ ތަނެވެ. ނަމަވެސް މާތާ ސްކޮޓް (ގަންނިން) އާ ބައްދަލުވާ ހިސާބުން ކަންކަން ބަދަލުވާން ފަށައެވެ. މާތާ އޭނާއަށް ސްޓޯކް ކުރަން ފެށުމުން އޭނާގެ ކުރީގެ އަނދިރި ވަޅުލެވިފައިވާ މާޒީއަށް އަލުން އެބުރިދިއުމަށް ޑޮނީއަށް މަޖުބޫރުވާތަން މި ސީރީޒްއިން ފެނިގެންދެއެވެ.
4."އެމިލީ އިން ޕެރިސް" ސީޒަން 4
ޑަރެން ސްޓާ އުފެއްދާފައިވާ 40 އެޕިސޯޑްގެ މައްޗަށް އެކުލެވޭ މި ސީރީޒް ރިލީޒްކުރީ 15 އޮގަސްޓްގައިއެވެ. މި ސީރީޒްއަށް 72.6 މިލިއަން ވިއުސް ލިބިފައިވެއެވެ. މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި ލިލީ ކޮލިންސް، ލޫކަސް ބްރާވޯ، ފިލިޕީންސް ލެރޯއީ-ބިއުލިއު، އެޝްލީ ޕާކް އަދި ޔޫޖީނިއޯ ފްރެންޗެސްޗިނީ ހިމެނެއެވެ. މި ސީރީޒްއިން ފެނިގެންދަނީ ޕެރިހުގައި ދިރިއުޅޭ އެމިލީ ކޫޕާ (ކޮލިންސް) ނަމަކަށް ކިޔާ މާކެޓިން ޕްރޮފެޝަނަލެއްގެ ދިރިއުޅުމެވެ.
5."އެވެޓާ: ދަ ލާސްޓް އެއާބެންޑާ"
އަލްބަޓް ކިމް އުފައްދަވާފައިވާ 10 އެޕިސޯޑްގެ މައްޗަށް އެކުލެވޭ މި ސީރީޒް ރިލީޒްކުރީ 22 ފެބްރުއަރީގައިއެވެ. މި ސީރީޒްއަށް 71.1 މިލިއަން ވިއުސް ލިބިފައިވެއެވެ. މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި ގޯޑަން ކޯމިއާ، ކިއާވެންޓިއޯ، އިއާން އޮސްލީ އަދި ޑަލަސް ލިއު ހިމެނެއެވެ. ނެޓްފްލިކްސްގެ ލައިވް އެކްޝަން އެޑަޕްޓޭޝަންގެ ތެރެއިން ފުރަތަމަ ހަފުތާގައި އެންމެ ގިނަ މީހުން ބެލި 10 ސީރީޒްގެ ލިސްޓުގެ އެއް ވަނައިގައި 21.2 މިލިއަނަށް ވުރެ ގިނަ ވިއުސް އާއެކު މި ސީރީޒް ވަނީ ތައާރަފުވެފައިއެވެ. އަދި އެ ލިސްޓުގައި ހަ ހަފުތާ ވަންދެން ދެމިއޮތެވެ.