Gmail Reacts
ގޫގުލް އިން އެ ކުންފުނީގެ ޖީމެއިލް ހިދުމަތަށް އިމޯޖީ ރިއެކްޝަންތައް ގެންނަކަން ކަށަވަރުކޮށްދީފި އެވެ.
ގޫގުލް އިން އަލަށް ތައާރަފްކުރާ މި ފީޗާ ފުރަތަމަ ލިބޭނީ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށެވެ. ކުރިއަށް އޮތް މަސްތަކުގައި ވެބް އަދި އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް މި ފީޗާ މަޑުމަޑުން ނެރޭނެއެވެ.
މި ފީޗާއަށް އެކްސެސް ލިބުމުން މެސެޖެއްގެ އެންމެ ތިރީގައި "🙂" އިމޯޖީ ފެންނާނެއެވެ. މެނޫއިން އިމޯޖީ އިޚްތިޔާރުކޮށް އެއަށް ކްލިކް ކޮށްލުމަށްފަހު ފޮނުވާލެވޭނެއެވެ. އަދި މީގެ ތެރެއިން ދެ އިމޮޖީއެއް ވަރަށް ތަފާތު ވާނެ ކަމަށް ބުނެއެވެ. އޭގެ ތެރޭގައި ޕާޓީގެ ޕޮޕާ އިމޯޖީ '🎉' ވެސް ހިމެނެއެވެ. މި ދެ އިމޯޖީއާއެކު އީމެއިލް ރައްދުވާ ފަރާތަށް ފުލް ޕޭޖް އެނިމޭޝަނެއް ފޮނުވާލެވޭނެ ކަމަށްވެސް ބުނެއެވެ.
ބެލެވޭ ގޮތުގައި މި ފީޗާ އަކީ ސޯޝަލް މީޑިއާޕޯސްޓުތަކަށް ރިއެކްޓް ކުރުމަށް އިމޯޖީ ބޭނުންކުރާ ގޮތާ އެއްގޮތް ފީޗާއެއް ކަމަށެވެ. މީގެ އިތުރުން އެ ރިއެކްޝަންތައް އިތުރުކުރީ ކާކުތޯ ބެލުމާއި އެހެން މީހަކު އިތުރުކުރި ރިއެކްޝަނެއް އަލުން ބޭނުންކުރުމަށްވެސް ފަސޭހަ ކަމާއެކު ޓެޕް ކުރެވޭނެއެވެ.
އެޕަލްގެ 'އައިމެސެޖް ޓެޕްބެކްސް' ވެސް އައިފޯނުތަކުގައި އެއްވެސް ދަތި ކަމެއް ނެތި މަސައްކަތް ކުރާކަމަށް ބުނާ ފަދައިން ޖީމެއިލްގައި އިމޯޖީ ރިއެކްޝަންތައްވެސް އެންމެ ރަނގަޅަށް މަސައްކަތް ކުރާނީ އެންޑްރޮއިޑް ފޯނުތަކުގައެވެ.
ނަމަވެސް ގޫގުލް 'ސްކޫލް އެކައުންޓް' ނުވަތަ 'ވޯރކް އެކައުންޓް' ތަކުގައި މި އިމޯޖީ ރިއެކްޝަންތައް ބޭނުމެއްނުކުރެވޭނެއެވެ. އަދި 20 އަށް ވުރެ ގިނަ މީހުންނަށްކޮށްފައިވާ އީމެއިލް އަކަށްވެސް ރިއެކްޓެއް ނުކުރެވޭނެއެވެ. އަދި އީމެއިލްއަކަށް އެ ވަގުތު 20 އަށް ވުރެ ގިނަ ރިއެކްޝަން ފޮނުވާފައިވާ ނަމަވެސް ރިއެކްޓް ނުކުރެވޭނެއެވެ.