
F5GpBVFa0AA7w0V
ގއ. ގެމަނަފުށި ބަނދަރު ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.
ގެމަނަފުށި ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ރަށުގެ ބަނދަރުތެރެއާއި އައު ބަނދަރު 5.3 މީޓަރަށް ފުން ކުރުމާއި 201 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓްޖެހުމާއި 221 މީޓަރުގެ ސޭންޑްފިލްޑް ބްރޭކްވޯޓަރ، ހެދުމާއި 11 މީޓަރުގެ ސަބްމާޖްޑް ބޮޑުހިލަ ބްރޭކްވޯޓަރ ޖެހުމާއި 405 މީޓަރުގެ އެލް-ބްލޮކް ވާޓަރުހެދުން ހިމެނެއެވެ. މީގެ އިތުރުން 39 ބަނދަރު ބައްތި އާއި 2 ނެރު ބައްތި ހަރުކުރުމާއި ކޮންކްރީޓް ޖެޓީ ޤާއިމްކުރުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރައްވާފައިވަނީ 70.1 މިލިޔަން ރުފިޔާއަށް 570 ދުވަސް ތެރޭގައި ނިންމާގޮތަށެއެވެ.
ގުޅުންހުރި

ހޯރަފުށީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަަހީގެ އަމަލީ މަސައްކަތް ފަށައިފި

ވާދަވެރި ކުޅުމަކަށްފަހު އެމްއެމްއޭ ބަލިކޮށް އެމްޓީސީސީ އިން ފެށުން ރަނގަޅުކޮށްފި

21 ޓީމާއިއެކު އިންޓަ އޮފީސް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 މިރޭ ފަށައިފި
