logoEN
cocacola
އިންޑިއާގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމެއް އޭއެސްއެމްޗްއަށް

އިންޑިއާގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމެއް އޭއެސްއެމްޗްއަށް

އަލްފާ އަލީ

logo

8/17/2023, 4:27:06 PM

# އޭއެސްއެމްއެޗް

48b966ff-6b0a-4c96-8e9c-e027c908f723

އިންޑިއާގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމަކާއެކު، ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް)ގައި މެޑިކަލް ކޭމްޕެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

ގޮސިޔާ

އޭއެސްއެމް ހޮސްޕިޓަލުގައި ބާއްވާ މި މެޑިކަލް ކޭމްޕަކީ އާސަންދަ ކުންފުނިން އިންތިޒާމްކޮށްގެން ބާއްވާ ކޭމްޕެކެވެ. މި ކޭމްޕު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިހިގާ އޯގަސްޓްމަހު 19-20 އަށް ކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި ކޭމްޕުގައި ސްޕެޝަލިސްޓް އަދި ސުޕަސްޕެޝަލިސްޓް ޑޮކްޓަރުން މަސައްކަތް ކުރައްވާނެ އެވެ. އެގޮތުން މި މެޑިކަލް ކޭމްޕުގައި އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުގެ އެންޑޮކަރިނޮލޮޖިސްޓް ޑރ. ނިޝާ ބަވާނީ، އަދި އީއެންޓީ ސްޕެޝަލިސްޓް ޑރ. ޖަޔަންތީ ޕަވިތްރަން ބަލިމީހުން ބައްލަވާނެ އެވެ. އަދި އިންޑިއާގެ އެންޔޫ ހޮސްޕިޓަލުގެ ޔޫރޮލޮޖިސްޓް ޑރ. އަނޫޕް ކުމާރް މިޝްރާވެސް މި ކޭމްޕުގައި ބަލިމީހުން ބައްލަވާނެ އެވެ.

އޭއެސްއެމް ހޮސްޕިޓަލުގެ ހޮޓްލައިން 1555 އަށް ގުޅުއްވައިގެން މި ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ