
އޭއެސްއެމްއެޗްގައި ރިޕްރޮޑަކްޓިވް ހެލްތު ކްލިނިކާއި, ބްލަޑް ބޭންކްގެ ހިދުމަތް ތައާރަފްކޮށްފި
# އޭއެސްއެމްއެޗްތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގައި ރިޕްރޮޑަކްޓިވް ހެލްތު ކްލިނިކާއި, ބްލަޑް ބޭންކް ގެ ހިދުމަތް ތައާރަފްކުރުން -- ފޮޓޯ: އޭއެސްއެމްއެޗް
ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގައި ރިޕްރޮޑަކްޓިވް ހެލްތު ކްލިނިކާއި, ބްލަޑް ބޭންކް ގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

ތިނަދޫގެ ސިއްހީ ހިދުމަތަށް 55 އަހަރު ފާހަގަކުރުމަސް ބުރާސްފަތި ދުވަހު ކުރިއަށް ގެންދެވުނު ހާއްސަ ހަރަކާތްތަކުގެ ތެރެއިން މި ދެ ހިދުމަތް ރަސްމީކޮށް ހުޅުވައިދެއްވީ ސިއްހަތާ ބެހޭ ވުޒާރާގެ ވަޒީރު. ޑރ. އަބްދުالله ޙަލީލް އެވެ.
މީގެ ތެރެއިން ހުޅުވިގެން ދިޔަ ރިޕްރޮޑަކްޓިވް ހެލްތު ކްލިނިކް ހުޅުވާފައިވަނީ " އުފަންވެލި ކްލިނިކް" ގެ ނަމުގައެވެ. މި ދެ ހިދުމަތާއެކު އެހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ތިނަދޫގެ ސިއްހީ ހިދުމަތަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ބުރާސްފަތި ދުވަހު ވަނީ ހާއްސަ ޖަލްސާއެއްވެސް ބާއްވާފައެވެ. މި ޖަލްސާގައި ތިނަދޫގެ ސިއްހީ ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައިވެއެވެ.
ގުޅުންހުރި

ވާދަވެރި ކުޅުމަކަށްފަހު ސްކޯޕިއަންސް ބަލިކޮށް އޭއެސްއެމްއެޗު ޗެންޕިއަންކަން ހޯދައިފި

އޭއެސްއެމްއެޗު ބަލިކޮށް އައުޓްލޯޒް ޗެންޕިއަންކަން ހޯދައިފި

ޝަހުބާންގެ މޮޅު ކުޅުމާއެކު ރެޑް ވިންގްސް ބަލިކޮށް އޭއެސްއެމްއެޗުން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި
