logoEN
WAMCO TOP 1
އެމްޑީޕީ ސަރުކާރުގައި ރާއްޖޭގައި ތަމްސީލުކުރީ ޕްރޯ އިޒްރޭލް ޕޮލިސީއެއް: ރައީސް

އެމްޑީޕީ ސަރުކާރުގައި ރާއްޖޭގައި ތަމްސީލުކުރީ ޕްރޯ އިޒްރޭލް ޕޮލިސީއެއް: ރައީސް

# ރައީސް މުއިއްޒު# އެމްޑީޕީ# ޚާރިޖީ ގުޅުން

ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީ ސަރުކާރުގައި ރާއްޖޭގައި ތަމްސީލުކުރީ ޕްރޯ އިޒްރޭލް ޕޮލިސީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ދިވެހި ގައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އެކި ސަރުކާރުތަކުގައި ގެންގުޅެފައިވަނީ އެކިކަހަލަ ފޮރިން ޕޮލިސީ ކަމަށާއި އެހެންބައެއްގެ އަތްދަށުގައި ނުވަތަ އެބައެއްގެ ބާރުގެ ދަށުގައި ރާއްޖޭގެ ޚާރިޖީ މިނިވަންކަން ގެންގުޅެފައިވާ ދުވަސްތަކެއް ވެސް ގޮއްސަ އެބަހުރި ކަމަށެވެ. އަދި އާދައިގެ ބަހަކުން ދަންނަވަންޏާ އެއީ ގޮނޑިކޮއްކޮ ސިޔާސަތު ކަމަށް ވެސް ވިދާޅުވިއެވެ.

އެއީ މި ގައުމަށް ހެޔޮގޮތެއް ނޫން ކަމަށާއި މިއީ ފަޚުރުވެރި ދިވެހީންގެ ރާއްޖެކަން ފާހަގަކުރައްވާ ވިދާޅުވީ މި ރާއްޖޭގައި އިސްކުރެވެން ޖެހޭނީ ދިވެހީންގެ ސިޔާސަތު ކަމުގައެވެ. އަދި އަދުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހީންނަށް އިސްކަން ދިނުމުގެ ސިޔާސަތުތަކަން ތަކުރާރުކުރެއްވިއިރު، މި މޭރުމުން ދުނިޔޭގެ ކޮންމެ ޤައުމަކާއެކުވެސް ދިވެހިރާއްޖެއިން ގާތްގުޅުމެއް ދަމަހައްޓާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެއީ ދިވެހީންގެ ހިތްތަކާ ގުޅިފައިވާ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ޤަތުލުޢާންމު ހިންގަމުންދާ އިޒްރޭލު ފިޔަވާ އެހެން ޤައުމުތަކާކަން ރައީސުލްޖުމްހޫރިއްޔާ، ވަކީން ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.

މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތަކީ ހުރިހާ ޤައުމަކަށް އެއް ހަމައެއްގައި އޮންނަން ޖެހޭ ޙައްޤެއް ކަމަށެވެ. އަދި އަދުގެ ސަރުކާރުން ތަންފީޒުކުރައްވާ ދިވެހިން އިސްކުރަނިވި ޚާރިޖީ ސިޔާސަތުގެ ކާމިޔާބީ، މިނިވަންދުވަހުގެ އިހުތިފާލުތަކުން ސާބިތުވާ ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މީގެ ކުރިން، ޢަރަބި އިސްލާމީ ޤައުމުތަކާ ދުރުވެގަތުމުގެ ސިޔާސަތު ގެންގުޅުނު ކަމަށެވެ. އެކަމަކު އެއީ ދިވެހީންނާ ދޯޅަ ގޮތެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހީންގެ ވިންދާއި އިޙްސާސްތަކާ ގުޅޭ ޚާރިޖީ ސިޔާސަތަކީ އެ ސިޔާސަތަކުން ދިވެހީންނަށް އުފަލާއި ހިތްހަމަޖެހުން ގެނެސްދޭނެ ސިޔާސަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޢަރަބި އިސްލާމީ ޤައުމުތަކާ ގާތް ގުޅުމެއް ދެމެހެއްޓުމާއެކު ދިވެހިރާއްޖެއަށް ފައިދާވާނެ ގޮތުގައި އެހީތެރިކަންދޭނެ ހުރިހާ ޤައުމުތަކާއެކު ގުޅުންތައް ބަދަހިކުރެވޭނެކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC