logoEN
cocacola

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ހަމަޖައްސައިފި އެވެ.

ގޮސިޔާ

ތޮލާލް އެ މަގާމަށް ހަމަޖައްސާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ޕީޕީއެމް އިންވަނީ ބުނެފައެވެ.

ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީން އަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިންތިހާބީ އެޖެންޓެއްގެ ގޮތުގައިވެސް ތޮލާލް ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އެނިންމުން ރަނގަޅުކަމަށް ސުޕްރީމްކޯޓުން ނިންމުމާއެކު ރައީސް ޔާމީން އަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތުވަނީ ގެއްލިގެންގޮސްފައެވެ.

ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމާއެކު އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން ވަނީ ގޮވާލާފައެވެ. ނަމަވެސް ޔާމީން ވަނީ ފަހުން އެނިންމުން ބަދަލުކޮށް ޑރ. މުއިއްޒުއަށް ތާއީދުކުރުމަށް ނިންމާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ