logoEN
cocacola
ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެމްބަރުވެސް ވެރިކަން ކުރާ ޕީއެންސީއަށް!

ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެމްބަރުވެސް ވެރިކަން ކުރާ ޕީއެންސީއަށް!

އަހުމަދު ޝުރާއު

logo

4/24/2024, 6:09:59 PM

# ޕީއެންސީ# މަޖިލިސް20

އިންތިހާބީ މެމްބަރު މުހައްމަދު ރަޝީދު

ނިމިޔިޔަ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އިންތިހާބު ކާމިޔާބުކުރި އިތުރު މެމްބަރަކު ވެރިކަން ކުރާ ޕީއެންސީއާއި ގުޅިވަޑައިގެންފި އެވެ.

ގޮސިޔާ

ޕީއެންސީއިން މިރޭ ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ނޮޅިވަރަމް ދާއިރާގެ ކެންޑިޑޭޓު މުޙައްމަދު ރަޝީދު ޕީއެންސީއަށް ސޮއިކޮށްފައިވާ ކަމަށެވެ.

އިންތިހާބީ މެމްބަރު މުޙައްމަދު ރަޝީދު މަޖިލިސް އިންތިހާބު ކާމިޔާބުކުރެއްވީ ޕީއެންސީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރެއްވި އަހުމަދު އަޝްރަފްގެ މައްޗަށް ކުޑަ ފަރަގަކުން ކުރި ހޯދައިގެންނެވެ. އެގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި މުހައްމަދު ރަޝީދުއަށް ލިބިވަޑައިގެންނެވީ 661 ވޯޓެވެ. އަދި ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އަހްމަދު އަޝަރަފްއަށް ލިބުނީ 613 ވޯޓެވެ.

View post on Twitter

އިންތިހާބީ މެމްބަރު މުހައްމަދު ރަޝީދު ޕީއެންސީއާއި ގުޅިވަޑައިގަތުމުން 20 ވަނަ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ މެމްބަރުންގެ އަދަދު ވަނީ 73 އަށް އަރާފައި އެވެ.

މިނިވަން މެމްބަރުންގެ ގޮތުގައި އިންތިހާބު ކާމިޔާބުކުރެއްވި އިތުރު 6 މެމްބަރަކު މިއަދު ވަނީ ޕީއެންސީއާއި ގުޅިވަޑައިގެންފައި އެވެ. އެއީ ހުރާ ދާއިރާއަށް އިންތިހާބުވި ޑރ. އަނާރާ ނައީމް، މަތިވެރި ދާއިރާއަށް އިންތިހާބުވި ޙަސަން ޒަރީރު، މައްޗަންގޮޅި މެދު ދާއިރާއަށް އިންތިހާބުވި އަހްމަދު ޒަމީރު، ތިމަރަފުށި ދާއިރާއަށް އިންތިހާބުވި އަހްމަދު ރިޔާޒް، ނައިފަރު ދާއިރާއަށް އިންތިހާބުވި ޔާސީން އަބްދުﷲ އަދި ވިލިނގިލި ދާއިރާއަށް އިންތިހާބުވި އާޒިމް އަބްދުލް އަޒީޒު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ