
photo_6239858904766986156_y
ގއ. މާމެންދޫ މަގުތައް ޒަމާނީފެންވަރަށް ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފި އެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ ފާތިމަތު ޒީނިޔާ އަހުމަދު ހަމީދު އެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިހާދު އެވެ.
މާމެންދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، އެރަށުގެ 5.47 ކިލޯ މީޓަރުގެ މަގުތަކުގައި ތާރު އަޅާނެއެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކޮށް މަގު ބައްތިޖެހުންވެސް ހިމެނެއެވެ.
އާރުޑީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ، 138.6 މިލިއަން ރުފިޔާއަށް 730 ދުވަހުން ނިންމުމަށެވެ.
ގުޅުންހުރި

އުދައްޔު މަރާލުމުގެ ކުށް ސާބިތުވި ދެމީހުންނަށް މަރުގެ ހުކުމް އިއްވައިފި

އޭއެސްއެމްއެޗު އަތުން ބަލިވެ ބާކީ އެއްމެޗު އޮއްވައި ޑީއާރުސީ މުބާރާތުން ކަޓައިފި

ެއެއްވެސް ލިޔެކިޔުމެއް ނެތި އާރުޑީސީން 161 މިލިއަން ރުފިޔާ ދޫކޮށްފައިވޭ





