
ފަރެސްމާތޮޑާ އެއާޕޯޓު ކައިރީގައި ސިޓީ ހޮޓަލެއް އަޅައިދޭނަން - ރައީސް
# ފަރެސްމާތޮޑާ# ރިޔާސީ އިންތިޚާބު 2023# އެމްޑީޕީphoto_6242223881263887624_y
ފަރެސްމާތޮޑާ އެއާޕޯޓުގައި ސިޓީ ހޮޓަލެއް އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު ހުވަދުއަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ފަރެސްމާތޮޑާގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވަނީ ފަރެސްމާތޮޑާ އަށް ވެވަޑައިގަންނަވާ ވައުދުތައް އިއުލާން ކުރައްވައިފައެވެ.
ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ސިޓީ ހޮޓަލެއް ތަރައްޤީކޮށްދެއްވާނެ ކަމަށެވެ. އަދި ފަރެސްމާތޮޑާގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައި، އެރަށުގައި ޒުވާނުންގެ މަރުކަޒެއްވެސް އަޅައިދީ، އައިސްޕްލާންޓުގެ ކެޕޭސިޓީ އިތުރުކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން، އެރަށުގެ ބަނދަރު ބޮޑުކޮށް ނެރުފުންކޮށް ރަށުގައި މޫދަށްއެރޭނެ ސަރައްހައްދެއް ގާއިމްކުރުމަށްވެސް ރައީސްވަނީ ވައުދުވެވަޑައިގެންފައެވެ. އަދި ހެލްތު ސެންޓަރުގެ އައު އިމާރަތް އަޅައިދީ ރަށުގައި ބޮޑު ހުކުރު މިސްކިތެއްވެސް އަޅައިދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި ފަރެސްމާތޮޑާއާ އެއްފަޅެއްގައި އޮންނަ ކަޅައިދޫ އާ ފަރެސްމާތޮޑާ ގުޅާލާ ފްލެޓް ނުވަތަ ރޯހައުސް އަޅައިދިނުމަށްވެސް ރައީށް ވަނީ ވައުދުވެވަޑައިގެންފައެވެ.
ގުޅުންހުރި

ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕެއިން މެނޭޖަރަކަށް މެމްބަރު ކުޑޫ!

އެމްޑީޕީ ޕްރައިމެރީ: ވޯޓު އެއްވަރުވުމުން ފެހެންދޫ ކައުންސިލްގެ ޕްރައިމެރީ އަލުން ބާއްވަނީ

އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި!

.gif&w=3840&q=75)



