logoEN
cocacola
ތިނަދޫ ސަހަރާގައި ސިހުރު ހެދި ކަމަށް ރިޕޯޓްކުރި މައްސަލައެއް މިދަނީ ބަލަމުން - ފުލުހުން

ތިނަދޫ ސަހަރާގައި ސިހުރު ހެދި ކަމަށް ރިޕޯޓްކުރި މައްސަލައެއް މިދަނީ ބަލަމުން - ފުލުހުން

# ފުލުހުން# ގދ.ތިނަދޫ

5A2AF334-3F6F-4C80-95A7-65D302F6EB50

ގދ. ތިނަދޫ ސަހަރާގައި ސިހުރު ހެދި ކަމަށް ބުނާ މައްސަަލައެއް ހުށަހެޅުމާއި ގުޅިގެން އެމައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ތިނަދޫ ސަހަރާގައި ސިހުރު ހަދާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވަނީ، މިމަހުގެ 14 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ތިނަދޫ ސަހަރާތެރޭގައި ބަޔަކު އުޅޭތަން ފެނިގެން މީހަކު އެތަނަށް ވަދެ ބެލިބެލުމުން ސިހުރުހަދަން މަސައްކަތް ކުރިކަމަށް ތުހުމަތުވެގެން އެތަނަށް ދިޔަ މީހާ ވަނީ އެމީހުން ސިހުރު ހަދަމުން ދިޔަ މަހާނަ ނިސްބަތްވާ އާއިލާއަށްވެސް އެވަގުތު އެކަން ރިޕޯޓް ކޮށްފައެވެ. އަދި ސިހުރު ހަދަމުން ދިއައީ ދާދި ފަހުން ތިނަދޫގައި ނިޔާވި މީހެއްގެ މަހާނައަށް ކަމަށް އެތަނަށް ދިޔަ ފަރާތުން ވަނީ ޔަގީންކޮށްދީފައެވެ. މިކަމާއި ގުޅިގެން އެ އާއިލާގެ ފަރާތުންވެސް ވަނީ އެތަނަށް ހާޒިރުވެ އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ސިހުރު ހަދަން ކަމަށް ބުނާ ބަޔަކު އެތަނަށް ވަދެ މަހާނައެއްގެ މައްޗަށް ފެން އަޅާފައިވެއެވެ. އަދި އެމަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތަކެއްވެސް ވަނީ ދައުރުވެފައެވެ. އަދި އެމީހުންގެ އަތުންނާއި ސަހަރާ ތެރެއިން ސިހުރު ހެދުމަށް ބޭނުން ކުރާ ޒާތުގެ ބައެއް ތަކެތިވެސް ވަނީ ފެނިފައެވެ.

މިކަމާއި ގުޅިގެން "ގާފު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތިނަދޫގައި ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 14 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެހެން ކަމުން ފުލުހުން އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ