logoEN
cocacola
ރައީސް ކަމުގެ މަގާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވެވި ދެ ސިޓީފުޅު

ރައީސް ކަމުގެ މަގާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވެވި ދެ ސިޓީފުޅު

އަލްފާ އަލީ

logo

6/21/2023, 3:07:53 PM

29911_76f00457-4_

މީގެ ކުޑައިރުކޮޅެއް ކުރިން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެޕާޓީން ވަކިވެވަޑައިގެންނެވިކަން އިއުލާނުކުރެއްވުމާއެކު އެކަން ވެގެންދިޔައީ ރާއްޖޭގައި ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާ އަދި ރާއްޖޭގެ ހުރިހާ މީޑިއާތަކަށްވެސް ލިބުނު ވަރަށް ބޮޑު ސިހުމެކެވެ.

ގޮސިޔާ

ނަމަވެސް ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވުމަކީ އެއްވެސް ބަޔަކަށް "ސަޕްރައިޒް" ވާނެ ކަމެއް ނޫނެވެ. އެއީ އެމަނިކުފާނު ގެންދަވަނީ އެމްޑީޕީއާ މިއަދުގެ ސަރުކާރަށް ނުހަނު ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ސީދާ އެމްޑީޕީއާއި މިސަރުކާރާ ދެކޮޅަށް ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވައެވެ.

މިއަދު އެމްޑީޕީން ވަކިވެވަޑައިގެންނެވިކަން އެޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލަށް އަންގަވައި ރައީސް ނަޝީދު ފޮނުއްވެވި ސިޓީފުޅުން ހަނދާން ވަނީ، 07 ފެބްރުއަރީ 2012 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އެމަނިކުފާނު އިސްތިއުފާ ދެއްވެވިކަން އަންގަވައި ފޮނުއްވެވި ސިޓީފުޅުގެ މަތިންނެވެެ.

އެގޮތުން އިސްތިއުފާ ދެއްވަވަމުން އެމަނިކުފާނުގެ ދެ ސިޓީފުޅުންވެސް މުހިންމު ތަންކޮޅެއް ފާހަގަކޮށްލާނަމެވެ. އެއީ "އަޅުގަނޑަށް ފެންނަކަމުން" މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާނުކުރެއްވުމާއި، "ނުދެކޭ ކަމުން" ޕާޓީން ވަކިވެވަޑައިގެންނެވުމެވެ.

undefined

މި ދެސިޓީފުޅުވެސް އަދި މި ދެ އިސްތިއުފާއަކީވެސް ދިވެހިރާއްޖޭގެ ތާރީޚުގައި ލިޔެވިގެންދާނެ ދެ ކަމެއްކަން ޔަގީނެވެ. ދެސިޓީފުޅުގައިވެސް ރާއްޖޭގެ ހާލަތު މިއަދު އޮތް ގޮތުންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އޭރު އިސްތިއުފާދެއްވެވީ ރާއްޖެއާއި ރައްޔިތުންނަށް ނުހަނު "ގެއްލުންދެވިދާނެ" ކަމަށް ވިދާޅުވެއެވެ. މިއަދު ވިދާޅުވީ، އެ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭތީ ކަމަށް ވިދާޅުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ