logoEN
cocacola
ރަސްދޫގައި އިތުރު 100 ޓަނުގެ އާރުއޯ ޕްލާންޓެއް ބަހައްޓައިފި

ރަސްދޫގައި އިތުރު 100 ޓަނުގެ އާރުއޯ ޕްލާންޓެއް ބަހައްޓައިފި

އަލްފާ އަލީ

logo

6/15/2023, 3:16:15 PM

# ސްޓެލްކޯ

FypEpX0aYAAtOQ3 (2)

އއ. ރަސްދޫގައި އިތުރު އާރުއޯ ޕްލާންޓެއް ސްޓެލްކޯއިން ބަހައްޓައިފި އެވެ.

ގޮސިޔާ

ސްޓެލްކޯއިން ބުނީ ރަސްދޫގައި އަލަށް ބެހެއްޓުނު 100 ޓަނުގެ އާރުއޯ ޕްލާންޓަކީ، އެރަށުގެ ފެނުގެ ޑިމާންޑާ އެއްވަރަށް ސަޕްލައިކުރުމަށާއި، އެރަށުގައި ފުރިހަމަ ހިދުމަތެއް ދިނުމަށް ބެހެއްޓިގެން ދިޔަ ޕްލާންޓެކެވެ.

ރަސްދޫގައި އަލަށް ބެހެއްޓުނު ޕްލާންޓާއި، ކުރިން އެރަށުގައި ބޭނުންކުރަމުން ދިޔަ ޕްލާންޓާއެކު ޖުމްލަ މިހާރު 160 ޓަނަށް ކެޕޭސިޓީ ވަނީ އިތުރުކުރެވިފައެވެ.

ސްޓެލްކޯއިން ބުނެފައިވާގޮތުގައި، ރަސްދޫގައި އަލަށް ބެހެއްޓުނު ޕްލާންޓަކީ ސްޓެލްކޯގެ މުވައްޒަފުން އޭގެ ކޮމިޝަނިންގެ ހުރިހާ މަސައްކަތެއްކޮށް އޮޕަރޭޝަނަށް ގެނެވުނު ފުރަތަމަ ޕްލާންޓެވެ.

ސްޓެލްކޯގެ މުވައްޒަފުންގެ މި މަސައްކަތައް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ މުވައްޒަފުންގެ ކާމިޔާބީ ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ