
ސްޓެލްކޯއިން ފެށިގެން ރަށްދެބައިމަގާ ހަމައަށް އަމީނީމަގު އާއްމުންނަށް ހުޅުވާލައިފި
# އާރުޑީސީ# އަމީނީ މަގުFyF3TZ5agAIahni
ސްޓެލްކޯއިން ފެށިގެން ރަށްދެބައިމަގާ ހަމައަށް އަމީނީ މަގު އާއްމުންނަށް ހުޅުވާލައިފި އެވެ.

އާރުޑީސީން ބުނީ، އަމީނީމަގުގެ ސެގްމަންޓް 4،5،6،7 ނިންމާ، މިހާރު އާއްމުނަށް ހުޅުވާލާފައިވާ ކަމަށެވެ. މިއީ އެކުންފުނިން އެންމެ ފަހުން ތާރު އަޅައި ނިންމާލި ބައިތަކެވެ. އެކުންފުނިންވަނީ މި ބައިތަކުގައި ގަސް އިންދުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.
މާލޭގެ ހުރިހާ އަވަށްތަކެއް ގުޅުވައިދޭ މައި އެއް މަގުކަމަށްވާ އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. 7 ސެގްމެންޓުގެ މަސައްކަތް ނިންމާލާފައިވާއިރު ބާކީ ކުރި 6 ސެގްމެންޓުގެ މަސައްކަތް 4 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލައި އަމީނީ މަގު މަޝްރޫއު އެއްކޮށް ނިންމާލުމަށް އާރްސީޑީސީއިން ވަނީ އަމާޒުހިފާފައެވެ.
އަމީނީ މަގު މަޝްރޫއު، އާރުޑީސީއާ ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާއަށް 210 ދުވަހުން ނިންމުމަށެވެ.
ގުޅުންހުރި

އަމީނީމަގުގެ ތާރުގަނޑަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް ނިމުކަކާއި ގާތަށް!

އޭއެސްއެމްއެޗު އަތުން ބަލިވެ ބާކީ އެއްމެޗު އޮއްވައި ޑީއާރުސީ މުބާރާތުން ކަޓައިފި
