
RTL
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ހިދުމަތް ހުވަދު އަތޮޅުގައި ފެށުމަށް، މުވައްޒަފުން ހޯދުމަށް އިއުލާނުކޮށްފި އެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން ވަނީ 24 ސްޕީޑް ބޯޓު ކެޕްޓަނުންނާއި، 24 ފެރީ އެޓެންޑެންޓުން ހޯދުމަށް އިއުލާނުކޮށްފައެެވެ. އަދި އިތުރު ވަޒީފާތައްވެސް ވަނީ އިއުލާނުކޮށްފައެވެ.
ކެޕްޓަނުންނައި ފަޅުވެރިން މަސައްކަތް ކުރަން ޖެހޭ ތަނާއި އަދަދު
ގއ. ކޮލަމާފުށި
ގއ. ކަނޑުހުޅުދޫ
ގއ. ކޮނޑޭ
ގއ. ދެއްވަދޫ
ގދ. ވާދޫ
ގދ. ނަޑެއްލާ
ގދ. ހޯޑެއްދޫ
ގދ. ތިނަދޫ
މިއިން ކޮންމެ ރަށަކުންވެސް 3 ކެޕްޓަނުންނާއި، 3 އެޓެންޑެންޓުން ހޯދުމަށް އެމްޓީސީސީން ވަނީ އިއުލާނުކޮށްފައެވެ.
މުސާރައާއި އިނާޔަތްތަކާއެކު ބޯޓު ކެޕްޓަނުންނަށް 12000 ރުފިޔާގެ މުސާރައެއް ކަނޑައަޅާފައިވާއިރު، އެޓެންޑެންޓުންނަށް 10،000 ރުފިޔާގެ މުސާރައެއް ވަނީ ކަނޑައަޅާފައެވެ. އެމްޓީސީސީން ބުނީ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާވެސް އޮންނަ އުސޫލުން ލިބިގެން ދާނެ ކަމަށެވެ. އަދި މުވައްޒަފުންނަށް މެޑިކަލް އިންޝުއަރެންސްވެސް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ސްޕީޑު ބޯޓު ކެޕްޓަނުންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން ސްޕީޑް ބޯޓު ދުއްވުމުގެ ލައިސެންސް ހާސިލްކޮށްފައި އޮންނަން ޖެހޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި ކެޕްޓަނުންނާއި އެޓެންޑެންޓުންނަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ކަސްޓަމަރުންނަށް އިހުތިރާމާއެކު މުއާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.
ކެޕްޓަނުންނާއި އެޓެންޑެންޓުންގެ އިތުރުން އެމްޓީސީސީން ވަނީ ކަސްޓަމާ ރިލޭޝަން އޮފިސަރުން، އެސިސްޓެންޓް ކަސްޓަމާ ރިލޭޝަން އޮފިސަރުން، އެޑްމިން އޮފިސަރުން، އެކައުންޓްސް އޮފިސަރުންނާއި މެނޭޖަރުން ހޯދުމަށް އިއުލާނުކޮށްފައެވެ.
ހުވަދު އަތޮޅުގައި މީހުން ދިރިއުޅޭ 19 ރަށް އޮންނަ އިރު، އެ އަތޮޅުގައި އާރްޓީއެލް ހިދުމަތް ދިނުމަށް ނިންމާފައިވަނީ، މައިގަނޑު 7 ރޫޓަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި ކޫއްޑޫ، ކާޑެއްދޫ އެއަރޕޯޓަށް ޚާއްޞަ ރޫޓު ހިމެނެއެވެ.
ހުވަދުއަތޮޅުގައި އާރްޓީއެލް ދަތުރުތައް ފަށާއިރު، 6 ސްޕީޑް ފެރީ ބޭނުންކުރުމަށް ނިންމާފައިވާއިރު، ހިދުމަތް ފުރިހަމަވެގެންދާއިރު އެއަތޮޅުގައި ޖުމްލަ 9 ސްޕީޑް ފެރީ ބޭނުންކުރާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތަކީ، ދަތުރުފަތުރުގެ ފަސޭހަ ނިޒާމަކުން ރާއްޖޭގެ ރަށްތަށް ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދަވާ މުހިންމު އެއް މަޝްރޫޢުއެވެ. މިހާތަނަށް ހއ، ހދ، ށ އަދި ޅ އަތޮޅުގެ ޖުމްލަ 46 ރަށެއް ވަނީ ފެރީ ނިޒާމުން ގުޅާލާފައެވެ.
ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ ހުވަދު އަތޮޅުގައި މި ހިދުމަތް ފެށުމަށެވެ. އެގޮތުން އަންނަ ޖުލައި މަހު ކުރީ ކޮޅުގައި ހުވަދު އަތޮޅުގައި އެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޕްލޭނިންގް މިނިސްޓްރީން ވަނީ ބުނެފައެވެ. ހުވަދު އަތޮޅުގައި ހިދުމަތް ދިނުމަށް ބޭނުންކުރާނެ ބައެއް ސްޕީޑްފެރީތައް ވަނީ ބަދެ ނިންމާފައ
ގުޅުންހުރި

އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށް!

ގުރައިދޫ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

މާޅޮހުގެ ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ
