
ދުވާފަރުގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި
# އާރުޓީއެލް# އެމްޓީސީސީ# ރ ދުވާފަރު# ރައީސް މުއިއްޒު-
ރ. ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި އެވެ.

ދުވާފަރުގައި އާރުޓީއެލްގެ ބަހުގެ ހިދުމަތް މިއަދު ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މި ހިދުމަތް މިއަދު ދުވާފަރުގައި ފަށާފައިވަނީ ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން ދުވަފާރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
4000 މީހުންގެ އާބާދީއެއް ދިރިއުޅޭ ދުވާފަރުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފެށުމާއެކު އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅެ ރަށްތަކުގެ ތެރެއިން އާބަދީ ބޮޑެތި ރަށްރަށުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފޯރުކޮށްދެއެވެ.
ގުޅުންހުރި
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަސްއޫލިއްޔަތު އަދާކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ފެހިކުރުން: 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ބިޔަ ރުއް އިންދުމުގެ ހަރަކާތެއް ބާއްވައިފި
.jpg&w=3840&q=75)
ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި ޢިއްޒަތްތެރިޔާ އިބްރާހީމް ރަޝާދު އަވަހާރަވުމުން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ




