
ރިޔާސީ ބަޔާން: ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ 1 މޭ އިން ފެށިގެން ބޮޑުވެގެންދާނެ - ރައީސް
# އިބްރާހިމް މުޙައްމަދު ސޯލިހު# ރިޔާސީ ބަޔާން 2023211493_c4157431-0_
ރިޔާސީ ބަޔާން: ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މެއި 1 އިން ފެށިގެން ބޮޑުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް 2023 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެގޮތުންް ރައީސް ވިދާޅުވީ، މިދިޔަ އަހަރު ވަޢުދުވެވަޑައިގެންނެވި ގޮތަށް ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސަރައަށް ބޮޑު ބަދަލެއް ގެނެސްދެވިއްޖެ ކަމަށާއި، މިއަހަރު ކުރިއަށް އޮތީ ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ އަންނަ މޭ މަހުގެ 1 ން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ (.) އަދި ސަރުކާރުގެ ވުޒާރާތަކުގާ 35 ޕަސަންޓް އެލަވަންސް ނުލިބި މިހާރު ތިއްބެވި ހުރިހާ މުވައްޒަފުންނަށް 1 މޭއިން ފެށިގެން މި އެލަވަންސް ލިބެންފަށާނެ." - ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، އަންނަ މާރިޗު މަހު ރާއްޖޭގެ ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއްް އަންނާނެ ކަމަށާއި، ޕޭ ހާމަނައިޒް ކުރުން ނިމިގެންދާއިރު، ޝަރުއީ ދާއިރާއާއި އިމާމުންނާ މުދިމުންނާ އަދި ޖުމްލަަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ ކަމަށެވެ.
ގުޅުންހުރި

ރައީސް ޞާލިހުގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށް ރައީސް މުޢިއްޒުގެ ތަޢުޒިޔާ ފޮނުއްވައިފި

ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އެމްޑީޕީއަށް, މަޖިލީހުގައި އިދިކޮޅު ޕާޓީގެ ދައުރު މުހިންމު - ރައީސް ސޯލިހު

އެމްޑީޕީ ކުރިއަށްދާނީ މާޒީން ޢިބުރަތް ހާސިލްކޮށްގެން - ރައީސް ޞާލިޙް
