
ނަޝީދު
މިއުޒިކަކީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާއި ގުޅިފައިވާ ކަމެއްކަމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއުޒިކަކީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާއި ގުޅިފައިވާ ކަމެއްކަމަށާއި ބައެއްގެ އާންމު ދިރިއުޅުން ހަރާމް ކަމަށް ގޮވުމަކީ އެ ބައެއްގެ މުޖުތަމައު ރޫޅާލުމަށް ހިންގޭ މަސައްކަތެއް ކަމަށެވެ. އަދި މިއީ ދިވެހިން ނިކަމެތި ކުރުމަށް ހިންގާ އަމަލެއް ކަމުގައި ވެސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.
ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައި ވަނީ ލަވަޔާއި މިޔުޒިކު ކުޅޭނޭ ޖަގަހަތަކެއް މާލޭގައި ހެދުމާ ގުޅޭ ގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހެޅުއްވި ގަރާރުގެ ސަބަބުން ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅު ކުރަމުން ދާ ވަގުތެއްގައެވެ.
މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީއިންވެސް ވަނީ ދީނީ ހުކުމްތައް އޮޅުން ފިލުވައި ދިނުމަކީ ދީނީ އިލްމުވެރިންގެ ޒިންމާއެއް ކަމަށް ބުނެ ބަޔާނެއް އާންމުކޮށްފައެވެ.
ގުޅުންހުރި

ރައީސް ނަޝީދު އަލުން އެމްޑީޕީއާއި ގުޅެން ނިންމައިފި: ޑިމޮކްރެޓްސްގެ މެމްބަރުންވެސް ގުޅޭނެ!

ގައުމު ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން - ފައްޔާޒު

އުއްތަމަ ފަނޑިޔާރު، ނަޝީދުއަށް ގުޅުއްވި ކަމަށްބުނެ ފަތުރަމުންދާ ހަބަރަށް ނަޝީދުގެ ރައްދު: "އަލިފުން ޔާއަށް އޭގައި ހުރީ ދޮގު"
