![ޕާސްޕޯޓު ދޫކޮށްލުމުން އަލީ ވަހީދު ލަންޑަނަށް ފުރައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2020%2F11%2F7D23B998-0ECF-4738-8306-3885E9D74918.jpeg&w=3840&q=75)
7D23B998-0ECF-4738-8306-3885E9D74918
ޖިންސީ ކުށުގެ ދައުވާތަކާއި ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލްކުރުމުން އޭނާ ލަންޑަނަށް ފުރައިފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
އަލީ ވަހީދު ރާއްޖެ ދޫކޮށް ފުރާފައިވަނީ އިއްޔެ ހަވީރު ޓާކިޝް އެއާލައިނުގައި ލަންޑަނަށެވެ.
"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވުނު އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކުރި އަމުރު ވަނީ ބާތިލް ކޮށްފައެވެ. އެ އަމުރު ބާތިލްކޮށްފައި ވަނީ ޝަރީއަތުގެ މަޖިލީހަށް އަލީ ވަހީދުގެ ޑޮކްޓަރަކު އަލީ ވަހީދުގެ މައިބަދައިގެ ޑިސްކްތަކެއް ގުޑާފައިވާކަމަށް ބުނުމާއި ގުޅިގެންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު މަގާމުން ވަކި ކުރި އަލީ ވަހީދުގެ މައްޗަށް 7 ދައުވާއެއް ދައުލަތުން އުފުލާފައިވެއެވެ. އެއީ ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއަކާއި ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕްކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އެވެ.
މި ޝަކުވާތައް އެންމެ ފުރަތަމަ ރައީސް ސޯލިހަށް ހުށަހެޅުމާއެކު، އެމަނިކުފާނު ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދިނުމަށް އަންގަވާފައެވެ. އެހެންނަމަވެސް ރައީސް ސޯލިހްގެ އެންގެވުމަށް އަލީ ވަހީދު އިޖާބަ ދެއްވާފައި ނުވާތީ، ރައީސް ސޯލިހް ވަނީ އޭނާ މަގާމުން ވަކިކުރައްވާފައެވެ.