logoEN
cocacola
ފިޔޯރީ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުން އެމްޓީސީސީއާ ހަވާލުކޮށްފި

ފިޔޯރީ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުން އެމްޓީސީސީއާ ހަވާލުކޮށްފި

އައިޝަތު އިފާޝާ

logo

1/26/2023, 7:18:18 PM

# އެމްޓީސީސީ# ގދ.ފިޔޯރީ

viber_image_2023-01-26_15-33-57-045

ގދ. ފިޔޯރީ ބަނދަރު ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

ގޮސިޔާ

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

740,1 މީހުން ދިރިއުޅޭ ގދ. ފިޔޯރީއަކީ 80 ހެކްޓަރުގެ ހެޔޮވަރުގެ ތަނަވަސް ބިމެއް އޮތުމުގެ އިތުރުން، ގުދުރަތީ ރީތި ސިފަތަކެއް ލިބިފައިވާ ހިތްގައިމު ރަށެކެވެ. އެގޮތުން މި ރަށާއި އިންވެގެން އެއްފަޅެއްގައި 10 ވަރަކަށް ފަޅުރަށް ރަށުގެ އުތުރު ފަރާތުގައި އޮންނައިރު، ރަށުގެ ދެކުނު ފަރާތުގައި ރީތި ކުޅިއެއް އޮވެއެވެ.

ރަށުގައި މިހާރު މާބޮޑު މަސްވެރިކަމެއް ނެތްނަމަވެސް، ރަނގަޅު ފެންވަރަކަށް ދަނޑުވެރިކަން ކުރާ ފަރާތްތައް އުޅެއެވެ. އެގޮތުން، ދަނޑުވެރިކަންކުރުމަށް 100 ފަރާތަކަށް ބިން ދެވިފައިވާނެކަމަށް ރަށު ކައުންސިލުން މަޢުލޫމާތުދެއެވެ.

ރަށުގެ ބަނދަރަކީ އަތޮޅުގެ އެތެރެވަރިއާއި ދިމާލަށް ހުޅުވިފައިވާ ބޮޑު ފަޅެއްގެތެރޭގައި އޮންނަ ތަނަކަށްވުމާއެކު، ލަފާފުރުމުގައި ގުދުރަތީގޮތުން މިރަށަށް ވަނީ ފަސޭހަތަކެއް ލިބިފައެވެ. މި ހާއްސަ ގުދުރަތީ ސިފަތަކުގެ ސަބަބުން އާންމުކޮށް ބަނދަރުތެރެ އަމާންކޮށް އޮތުމާއެކު، މި ރަށުގައި އޮންނަނީ ހަމައެކަނި ބަނދަރުގެ ގޮތުގައި ބޭނުންކުރާ އެއްގަމު ތޮއްޓެކެވެ. ރާއްޖޭގެ ގިނަ ރަށްތައް ފަދައިން ފިޔޯރީއަކީވެސް ރަށް ގިރުމުގެ ނުރައްކާ ދިމާވެފައިވާ ރަށެކެވެ.

އެގޮތުން ރަށްގިރުމުގެ ސަބަބުން ބޮޑު ސަރަހައްދެއް މިހާރުވެސް ރަށުގެ އިރުމަތީފަރާތު އޮންނަ ބަނދަރުގެ ދެފަރާތުން ވަނީ ގިރައިގެން ގޮސްފައެވެ. އެހެންކަމުން، މިއަދު ސޮއެކުރެވިގެން މިދިޔަ މަޝްރޫޢުގެ ދަށުން ގދ. ފިޔޯރީގެ ނެރާއި ފަޅު ފުންކުރުމުގެ އިތުރުން އެއްގަމު ތޮށި އޮންނަ ސަރަހައްދު ބޮޑުކުރެވިގެން ދިޔުމާއެކު، ފިޔޯރީ ރައްޔިތުންނަށް ލަފާފުރުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ދެކެއެވެ.

އަދި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރުގެ ދެފަރާތުގައި ރިވެޓްމަންޓަކާއި ގްރޮއިންސް ޖެހިގެން ދިޔުމާއެކު، ރަށް ގިރުމުގެ އުދާސްކަމުން ފިޔޯރީ ރައްޔިތުންނަށް ވަރަށް ބޮޑު ތަސައްލީއަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 750,26 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 300,18 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 155 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 281 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 760 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ