logoEN
ކޮކާކޯލާ
ޒުވާނުންނަށް ބޭނުންވަނީ ނާޗަރަންގީ ޖަގަހަތަކެއް ނޫން - ޑރ. ޝަހީމް

ޒުވާނުންނަށް ބޭނުންވަނީ ނާޗަރަންގީ ޖަގަހަތަކެއް ނޫން - ޑރ. ޝަހީމް

އަހުމަދު ޝުރާއު

logo

2/8/2021, 5:15:16 PM

# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

118749_3_c30c06e7115315355e955fd3e91a6163b2113362_medium

ދިވެހި ޒުވާނުންނަށް ބޭނުންވަނީ ނާޗަރަންގީ ޖަގަހަތަކެއް ނޫންކަމާއި ޒުވާނުން ބޭނުންވަނީ ވަޒީފާގެ ފުރުސަތުތައް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އަބުޅޯ

ޒުވާނުންނަށް ފަސޭހަކަމާ އެކު މިޔުޒިކް އަޑުއަހާލައި ހާސްކަމެއް ނެތި މަޖާކޮށްލައި، އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށްދިނުމަށް ގޮވާލާ ގަރާރަކަށް މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ހޫނު ބަހުސެއްކޮޮށްފައެވެ. މި ގަރާރަކީ ނިމިދިޔަ ދައުރުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރެކެވެ.

އެ ގަރާރާ ގުޅޭ ގޮތުން ޑރ. ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނާޗަރަންގީ ޖަގަހަތަކަށް ވުރެ ޒުވާނުންނަށް މިއަދު ބޭނުން ވަނީ އެކަށީގެންވާ ވަޒީފާގެ ފުރުސަތުތަކާއި ހިތް ފަސޭހަ ދިރިއުޅުމާއި ބޯ ހިޔާވަހިކަމާއި ހަރުދަނާ އާއިލާއެއް ބިނާކުރުމާއި އަބުރުވެރި ދިރިއުޅުން ކަމަށެވެ. އަދި ޒުވާނުންގެ މުސްތަގުބަލް އުޖާލާކުރުމަށްޓަކައި ސިޔާސީ ލީޑަރުން އަމާޒުހިފުމަށްވެސް ޝަހީމް ވަނި ގޮވާލާފައެވެ.

ޑިގްރީއާއި މާސްޓާސް ހަދައިގެން ވެސް ވަޒީފާ އެއް ނުލިބި، އާއިލާ އާއި މައިންނަފައިންނަށް ދޭންޖެހޭ އެހީތެރިކަން ދެވޭނޭ ގޮތެއް ނުފެނި އެތައް ޒުވާނުން މަގުމަތިވެފައި ތިބިކަން ޑރ. ޝަހީމް ފާހަގަކުރެއްވި އެވެ. އަދި ވަޒީފާއަށް ސަލާންޖަހަންޖެހޭ ހާލަތު ބަދަލުކޮށް ޒުވާނުންގެ އަތުގައި ހިފަންޖެހޭކަމަށްވެސް ޝަހީމް ވަނީ އިތުރަށް ފާހަގަކުރައްވާފައެވެ.

ސިޔާސީ ލީޑަރުންނަށް ޤައުމަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތަކީ ނާޗަރަންގީ ޖަގަހަތަކާއި ނައިޓް ކްލަބްތަކުގެ ޝިކާރައަކަށް ޒުވާނުން ވިޔަ ނުދީ ޤައުމުގެ މުސްތަޤުބަލައްޓަކައި ޒުވާޏުންގެ ޝަހުސިއްޔަތު ބިނާކުރުން ކަމުގައި ޝަހީމްވަނީ ފާހަކޮށްފައެވެ.

މިދައުރުގެ 2 ވަނަ ޖަލްސާ މިއަދު ބޭއްވި އިރު މި ގަރާރަށް ވަރަށް ހޫނު ބަހުސެއް މަޖިލީހުގައި ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ