
އެންމެ ހެޔޮ ގޮތަކީ ޢީދުގެ އުފާ ފާޅުކުރުމުގައި ނަބަވީ ހިދާޔަތަށް ތަބަޢަވުން - ޝަހީމް
# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު-
ޢީދަކީ އިސްލާމީ މަތިވެރި ޝިޢާރެއްކަމަށާއި އެންމެ ހެޔޮ ގޮތަކީ ޢީދުގެ އުފާ ފާޅުކުރުމުގައި ނަބަވީ ހިދާޔަތަށް ތަބަޢަވުންކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވީ މިރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި އެވެ.
އެގޮތުން އެމެސެޖެއްގައި ޝަހީމް، އިސްލާމީ މުޖުތަމަޢުގައި އިސްލާމީ ގިއުގަނޑުގެ ތެރޭގައި ޢީދުގެ އުފާވެރިކަމާއި މަތިވެރިކަމާއި މާތްކަން ދެމެހެއްޓުމަށް މުސްލިމުން ސަމާލުކަން ދޭންވާނެކަމަށެވެ.
މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ ޖޫން މަހުގެ 6 ވަނަ ދުވަސްކަމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހިރާއްޖެއިން ފުރާ އެންމެހާ ޙައްޖުވެރިން މިހާރު ވަނީ ސަޢުދީ ޢަރަބިއްޔާއަށް ގޮސްފައެވެ.
ޝަހީމް މިފަދައިން ވިދާޅުވިއިރު ރާއްޖޭގައި އީދުގެ ހަރަކާތްތަކުގައި ދީނާ ނުގުޅޭ ކަންކަން ކުރަމުންދާކަމަށާއި އެކަންކަމުން ދުރުވުމަށް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންވެސް އަންނަނީ ގޮވާލަމުންނެވެ.
ގުޅުންހުރި

ޒަކާތު ހައުސްގެ ފުރަތަމަ އަހަރު ތާރީޚީ ގިނަ ކާމިޔާބީތަކެއް ޚާސިލްކުރެވިއްޖެ - ރައީސް

ޒުވާން ޚަޠީބުން ޕްރޮގުރާމަކީ މިޤައުމުގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމަށް ފަރުމާކުރެވިފައިވާ ޕްރޮގުރާމެއް - ޝަހީމް
.jpg&w=3840&q=75)
ފަރީދު ވަކިވެގެންދިއުމަކީ އިސްލާމީ ޚިދުމަތަށް ލިބިގެންދިޔަ ދެރައެއް - ޝަހީމް
