
-
އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީއާއި އަލުން ގުޅިވަޑައިގަންނަވަން ނިންމަވައިފި އެވެ.

މިކަން ހާމަކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ އެޕާޓީގެ ސީނިއަރ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން ޚިދުމަތްކުރި އަދާލަތު ޕާޓީއާއި އަލުން ގުޅިވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ.
އަދި މިއަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައިވެސް ވާދަކުރައްވަން ނިންމަވާފައިވާކަން ޝަހީމް ވަނީ ހާމަކުރައްވާފައި އެވެ.
ޝަހީމް އަދާލަތު ޕާޓީއާއި ގުޅިވަޑައިގަންނަވަން ނިންމެވި އިރު އެޕާޓީއަކީ މިހާރު ވެރިކަން ކުރާ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރާއި ކޯލިޝަން ހަދާފައިވާ ޕާޓީއެއް ނޫނެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީ ކޯލިޝަން ހަދާފައިވަނީ އެމްޑީޕީއާއިއެކުގައި އެވެ.
ޝަހީމްގެ ސިޔާސީ ހަޔާތް ފެއްޓެވީ އަދާލަތު ޕާޓީއިންނެވެ. އެގޮތުން އިސްލާމިކް މިނިސްޓަރުކަން ޝަހީމް އެންމެ ފުރަތަމަ އަދާކުރެއްވީ އަދާލަތު ޕާޓީގެ ކޯލިޝަނެއްގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް ނަޝީދުގެ ވެރިކަމުގައި އެވެ.
ގުޅުންހުރި

ދަޢުވަތުގެ މަސައްކަތްތައް ކުރާ ޖަމްޢިއްޔާތަކަށް ޝަހީމްގެ ތައުރީފް!

ޙައްޖާއި ޢުމްރާގެ ޚިދުމަތް އާ ހަރުފަތަކަށް ގެންދިއުމަކީ ރައީސް މުޢިއްޒުގެ އަމާޒެއް - ޝަހީމް

ފާއިތުވެދިޔަ ދެ އަހަރު އިސްލާމީ ހިދާޔަތާއި އިސްލާމީ ނޫރު ފެތުރުއްވުުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ





