
ޝަހީމް އަދާލަތު ޕާޓީއާއި ގުޅެން މެމްބަރޝިޕް ފޯމް ހުށަހަޅުއްވައިފި: ޕާޓީންވެސް ފޯމު ބަލައިގަތުމަށް ނިންމައިފި!
# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު--
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އަދާލަތު ޕާޓީއާއި ގުޅިވަޑައިގެންފި އެވެ.

ޝަހީމް އަދާލަތު ޕާޓީއާއި ގުޅިވަޑައިގަތުމަށް މެމްބަރޝިޕް ފޯމު ޕާޓީގެ އިދާރާއަށް ހުށަހެޅުއްވީ މިއަދު އެވެ. މިކަން ހާމަކުރައްވައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ " މާތް ﷲ ގެ ހަޟްރަތުން ވާގި އެދި އަދާލަތު ޕާޓީ އަށް މެމްބަރުކަމުގެ ފޯމު ހުށަހަޅައިފިން" އެވެ.
އަދާލަތު ޕާޓީން މިރޭ ބުނީ ޢަދާލަތު ޕާޓީގެ އިދާރީ މަޖިލީހާ މަޝްވަރާކުރެއްވުމަށްފަހު ޕާޓީގެ ރައީސް ދެއްވި ލަފާފުޅާއެއްގޮތަށް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢަދާލަތު ޕާޓީގެ މެންބަރަކަށްވުމަށް އެދި ހުށަހެޅުއްވި ފޯމު ބަލައިގަތުމަށް ޕާޓީގެ ރަޖިސްޓްރަރ ނިންމަވާފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީއާއި އަލުން ގުޅިވަޑައިގަންނަވަން ނިންމަވައި އެކަން ރަސްމީކޮށް އިއުލާނުކުރެއްވީ މިިދިޔަ ބުދަ ދުވަހު އެވެ. ޝަހީމް ވަނީ ޕާޓީއާއި ގުޅިވަޑައިގެން މިއަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައިވެސް ވާދަކުރައްވަން ނިންމަވާފައިވާކަންވެސް ހާމަކުރައްވާފައި އެވެ.
ޝަހީމް މީގެ ކުރީން ހުންނެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި އެވެ. ނަމަވެސް ޕީޕީއެމް އުވާލި ފަހުން ޝަހީމް އެއްވެސް ޕާޓީއަކާއި ގުޅިވަޑައިނުގަންނަވައެވެ.
ގުޅުންހުރި

ޝަހީމް އަދާލަތު ޕާޓީއާއި ގުޅެން މެމްބަރޝިޕް ފޯމް ހުށަހަޅުއްވައިފި: ޕާޓީންވެސް ފޯމު ބަލައިގަތުމަށް ނިންމައިފި!

މިނިސްޓަރު ޝަހީމް އަލުން އަދާލަތު ޕާޓީއާއި ގުޅިވަޑައިގަންނަވަނީ

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ދީނީ ވަޙުދަތުގެ އެންމެ ބޮޑު އެއް ރައުސްމާލަކީ އިމާމުން - ޝަހީމް
