
ހައްޖުގައި ތިބޭ މުއްދަތު 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދަނީ ހަގީގަތާއި ހިލާފު ވާހަކައެއް - ޝަހީމް
# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު--
ހައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދަނީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިއަދު މީޑީއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ހައްޖުގައި ތިބޭ މުއްދަތުގައި 15 ދުވަހު ތިބޭ އެއްވެސް ބަޔަކު ނުތިބޭނެކަމަށް ހައްޖު ކޯޕަރޭޝަން އިން މައުލޫމާތު ދީފައިވާ ކަމަށެވެ. އެފޮތުން އެންމެ ކުރު މުއްދަތަކަށްވެސް ތިބޭނީ 18 ދުވަހުގެ މުއްދަތެއްގައި ކަމަށާއި އެއީ އެންމެ ފަހު ފްލައިޓުގައި ސައުދީއަށް ދިޔަ މީހުން ކަމަށް ޝަހީމް ވިދާލުވިއެވެ. އަދި ފުރަތަމަ ދިޔަ ދެ ފްލައިޓުގައި ދިޔަ ހައްޖާޖީން ސައުދީގައި 19 ދުވަހު ތިބޭނެ ކަމަށާއި 3 ވަނަ ފްލައިޓުގައި ދިޔަ މީހުން ސައުދީގައި 20 ދުވަހު ތިބޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ހައްޖަށްދާ މީހުން މީގެ އަހަރުތަކެއް ކުރިން 30 ދުވަހު ތިބޭ ނަމަވެސް، މި ފަހު އަހަރުތަކުގައި ޢާއްމުކޮށް ތިބެނީ 22 އާއި 25 ދުވަހު ދެމެދު ކަމަށެވެ.
އަދި އެއީ ހައްޖު ނިންމާފަ މަދީނާއަށް އައިސް މައްކާއަށް އެނބުރިދާތީވެ ކަމަށާއި ނަމަވެސް މިފަހަރު ހައްޖު ނިންމާފަ މަދީނާއަށް އައިސް މައްކާއަށް އެނބުރި ނުގޮސް ރާއްޖެއަށް ފުރާގޮތަށް ހަމަޖައްސާފައިވަނީ ހައްޖުވެރިންގެ ރައްކާތެރިކަމާއި މަޞްލަޙަތާއި މޫސުމަށް ބަލައި ޞިއްޙަތަށް ބެލުމުގެ ގޮތުން ސައޫދީ އަރަބިއްޔާއިން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ރިޢާޔަތްކުރުމުގެ ގޮތުން ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވަނީ ޤައުމީ މިފަދަ ކަންކަމުގައި ޙަޤީޤަތް އޮޅޭ ގޮތައް ވާހަކަ ނުދެއްކެވުން އިލްތިމާސްކުރައްވާފައި އެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ނަމަ އެކަމާމެދު މަޝްވަރާކޮށްގެން ޙައްލެއް ހޯދާނެކަމުގެ ޔަޤީންކަން ވެސް ވަނީ ޝަހީމް ދެއްވާފައި އެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ފަރީދު ވަކިވެގެންދިއުމަކީ އިސްލާމީ ޚިދުމަތަށް ލިބިގެންދިޔަ ދެރައެއް - ޝަހީމް

ހައްޖުގައި ތިބޭ މުއްދަތު 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދަނީ ހަގީގަތާއި ހިލާފު ވާހަކައެއް - ޝަހީމް

އެންމެ ހެޔޮ ގޮތަކީ ޢީދުގެ އުފާ ފާޅުކުރުމުގައި ނަބަވީ ހިދާޔަތަށް ތަބަޢަވުން - ޝަހީމް
