logoEN
cocacola
އިއްޒަތްތެރި ކޮވިޑް ފުރަމާނު ދަތަރުރުފުޅެއްގައި އަތޮޅު ތެރެއަށް!

އިއްޒަތްތެރި ކޮވިޑް ފުރަމާނު ދަތަރުރުފުޅެއްގައި އަތޮޅު ތެރެއަށް!

# ކޮވިޑް19# ހުވަދު އަތޮޅު

214BD7BD-D19B-4BA0-AEA4-65A1BE598E64

ސަރުކާރުގެ އެތަކެއް ބޭފުޅުންވެސް ހާއްސަ މުނާސަބަބުތަކާއި ގުޅިގެން އަތޮޅު ތެރެއަށް ވަޑައިގަންނަވައެވެ. އެކި ކަހަލަ ކަންކަމުގައެއެވެ. ހައްތަހާވެސް ފުރަމާނު ދަތުރުފުޅުތަކުގައިއެވެ. ހަމަ އެބީދާއިން، އެންމެ އިއްޒަތްތެރި ކޮވިޑްވެސް އަތޮޅު ތެރެއަށް ވަޑައިގަތީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ކޮވިޑްގެ ކުށެއްނެތެވެ.

ގޮސިޔާ

އެންމެ ފަހުން ވަޑައިގެންނެވި ކަމަށް ވަނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގެ ހިތަދޫއަށެވެ. ރައްޔިތުންނާއި ގާތުން ބައްދަލުވެ ހީ ހެދިއެވެ. ދުވާލު ހަތަރުދަމު އުޅުއްވީ ރައްޔިތުންނާއި އެކުއެވެ. ހިތަދޫގެ އެތަކެއް ރައްޔިތުންނާއި އެކު ވަގުތުކޮޅެއް ހޭދަ ކޮށްލެއްވުމަށްފަހު، އެރަށް މޮނިޓަރިންގެ ހާލަތަށް ލުމުން އެހެން ރަށްތަކަށް ތަޖުރިބާގެ ދަތުރު ފެއްޓެވިއެވެ. އެގޮތުން ފުރުއްވީ ހުވަދު އަތޮޅާއި ދިމާލަށެވެ. އެގޮތުން ތިނަދޫއަށް ވެސް ވަޑައިގެންނެވިއެވެ. ތިނަދޫގެ އެތަކެއް ރައްޔިތުންނާއިވެސް އެންމެ ގާތުން ބައްދަލުވާގޮތަށެވެ.

ދިވެހިރާއްޖޭގެ އެންމެ އާބާދީ ގިނަ، އެންމެ ކޮވިޑް ވޭދަނަތަށްވެސް ގިނަ "ރެޑް ޒޯން" ކަމަށްވާ މާލެއިން ރާއްޖޭގެ އެހެން ރަށްތަކަށް ހާއްސަ ހާލަތްތަކުގައި ދިޔުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޙާއްސަ ހުއްދައެއް ހޯދަން ޖެހެއެވެ. 72 ގަޑިއިރު ހަމަނުވާ ކޮވިޑް ނެގަޓިވް ޕީސީއާރް ރިސާލްޓެއް އެކަމަށްޓަކައި އޮންނަންވެސް ޖެހެއެވެ. ތެދެކެވެ. ހާއްސަ ހާލަތްތަށްވެސް މެދުވެރިވެދާނެއެވެ. ނަމަވެސް، އެހާއްސަ ހާލަތުގައި ރަށްތަކަށް އެކި މީހުން ވަޑައިގެން، ކޮވިޑް އެރަށްތަކުގައި ފެތުރުމުން ބިރުވެރިކަމާއި ކުރިމަތިލާން ޖެހެނީ އެރަށްތަކުގެ ރައްޔިތުންނެވެ. މިއަދު، ހިތަދޫއިން ކުރީގެ ވޭދަނަތަކާއި ނުވެސް ގުޅޭ ވޭދަނައެއް ފެނި އެރަށުގެ އެންމެން އެތިބީ ބިރުވެރިކަމެއްގައިއެވެ. ހަމައެހެންމެ، އެފަދަ ބޭފުޅުން އިތުރު ރަށްތަކަށްވެސް ވަޑައިގެން އެރަށްރަށުގައިވެސް ހަރަކާތްތެރިވެއެވެ. ރަނގަޅެވެ. ހާއްސަ ހާލަތްތަކުގައި މީހުން ދަތުރުކުރަނީ އެޗްޕީއޭއިން ކަނޑައަޅާފައި އޮތް ގޮތާއި އެއްގޮތަށެވެ. ނަމަވެސް، މިއަދު އެ ހާއްސަ ހާލަތުގެ ސަބަބުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކޮވިޑް ފެތުރިގެންދަނީއެވެ. ރައްޔިތުން ބިރުވެރިކަމާއި ކުރިމަތިލާންވެސް ޖެހެނީއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ