
ތިނަދޫ ހޮސްޕިޓަލްގެ އޯޕީޑީ އާ އިމާރާތުގެ 40% މަސައްކަތް ނިމިއްޖެ - އެމްޓީސީސީ
# އެމްޓީސީސީ# ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް# ތިނަދޫ ހޮސްޕިޓަލްހޮސްޕިޓަލް އަޕްގްރޭޑިންގ
ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕީޓަލްގައި އަލަށް އިމާރާތް ކުރަމުންދާ އޯޕީޑީގެ އިމާރާތުގެ 40 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

ގދ.ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޖާގަ އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ.
މި މަޝްރޫއުގެ ދަށުން އޯޕީޑީ އިމާރާތާއިވިއްސާކޮޓަރި ހުންނަ އެކްސްކަވޭޝަން މަސައްކަތާއި ކޮންކްރީޓް މަސައްކަތްތައްވެސް މިހާރު ނިމިފައި ވާކަމަށް އެމްޓީސީސީއިން ވަނީ ހާމަކޮށްފައެވެ.
ޖާގަ އިތުރުކުރުމުގެ މަސައްކަތުގެ ދަށުން އޯޕީޑީ ސަރަޙައްދާއި، ލޭބަރ ރޫމާއި އިމަރޖެންސީ ރޫމުގެ އިތުރުން ޕްރައިވެޓް ރޫމްތައް ބޮޑުކުރުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 33.5މިލިއަން ރުފިޔާއަށެވެ.
ރީޖަނަލް ހޮސްޕިޓަލެއްގެ ގޮތުގައި ޚިދުމަތްދޭ މި ހޮސްޕިޓަލަކީ ހުވަދު އަތޮޅުގެ ރަށްތަކުން ސިއްޙީ ޚިދުމަތް ހޯދުމަށް އެންމެ ބޮޑަށް ރައްޔިތުން ބަރޯސާވާ ހޮސްޕިޓަލެވެ.
ރާއްޖޭގެ 5 ސަރަޙައްދުގައި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމި ހޮސްޕިޓަލްތަކުގެތެރޭގައިވެސް ޑރ. އަިބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ހިމެނެއެވެ. މިއަހަރުގެ ބަޖެޓުގައި މި މަސައްކަތް ކުރިއަށްގެންދިއުމަށް 90 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ހޮސްޕިޓަލްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް އެމްޓީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 30ވަނަ ދުވަހުއެވެ.
ގުޅުންހުރި

އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށް!

ގުރައިދޫ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

މާޅޮހުގެ ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ
