logoEN
Sto top
ހުޅުމީދޫ މިފްކޯ ބަނދަރު މަޝްރޫޢުގެ ފުރަތަމަ ފޭސްގެ މަސައްކަތް ނިމުމަކާއި ގާތްވަނީ

ހުޅުމީދޫ މިފްކޯ ބަނދަރު މަޝްރޫޢުގެ ފުރަތަމަ ފޭސްގެ މަސައްކަތް ނިމުމަކާއި ގާތްވަނީ

އަހުމަދު ޝުރާއު

logo

7/3/2025, 9:56:20 AM

# އެމްޓީސީސީ

--

ހުޅުމީދޫ މިފްކޯ ބަނދަރު މަޝްރޫޢުގެ ފުރަތަމަ ފޭސްގެ މަސައްކަތް ނިމުމަކާއި ގާތްވަމުން އަންނަކަން އެމަޝްރޫގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ހާމަކޮށްފި އެވެ.

Wamco

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހާމަކޮށްފައި އެވެ. އެގޮތުން އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރު ސަރަހައްދުގައި މިހާރު ކުރިއަށްދަނީ ޕޭވިންގެ މަސައްކަތްތައް ކަމަށެވެ.

އަދި މުޅި މަޝްރޫއުގެ ޖުމުލަ 91 އިންސައްތަ މަސައްކަތް ނިމިފައިވާކަން ވަނީ އެކުންފުނީން ހާމަކޮށްފައި އެވެ.

ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާއި ހަވާލު ކުރީ 30 އޮކްޓޯބަރު 2019ގައެވެ. މިއީ ޑިޒައިން އެންޑް ބިލްޑުގެ އުސޫލުން އެ ކުންފުންޏާ ހަވާލު ކުރި މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 471،380 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 1،788 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކާނެއެވެ. މި މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވަނީ 97 މީޓަރުގެ އެއްގަމުތޮއްޓެކެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 68.8 މިލިއަން ރުފިޔާއަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside