
ފިޔޯރީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު: ކުއޭ ވޯލް ބްލޮކްގެ ދެވަނަ ޝިޕްމަންޓް އެރަށަށް!
# އެމްޓީސީސީ--
ގދ ފިޔޯރީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނެފި އެވެ.

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންފުނީން ބުނީ ފިޔޯރީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ކުއޭ ވޯލް ބްލޮކްގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި ކުއޭ ވޯލް ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އެމަސައްކަތުގެ 42 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
2023 ވަނަ އަހަރު އެމްޓީސީސީއާއި ހަވާލުކުރެވުނު މި މަޝްރޫއަކީ 38,919,969.72 ރުފިޔާއަށް އެކުންފުންޏާއި ހަވާލުކުރެވުނު މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިއަހަރުގެ އޭޕްރިލް މަހުގެ ފަހުކޮޅު އެވެ.
މި މަޝްރޫޢުގެ ދަށުން، 750,26 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 300,18 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 155 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 281 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 760 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ގުޅުންހުރި

ފިޔޯރީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު: ކުއޭ ވޯލް ބްލޮކްގެ ދެވަނަ ޝިޕްމަންޓް އެރަށަށް!

ހޯރަފުށީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަަހީގެ އަމަލީ މަސައްކަތް ފަށައިފި

ވާދަވެރި ކުޅުމަކަށްފަހު އެމްއެމްއޭ ބަލިކޮށް އެމްޓީސީސީ އިން ފެށުން ރަނގަޅުކޮށްފި
