
ހޯރަފުށީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަަހީގެ އަމަލީ މަސައްކަތް ފަށައިފި
# އެމްޓީސީސީ-
ހއ. ހޯރަފުށީ އެތެރޭ މަގު ހެދުމުގެ މަޝްރޫއު (ދެވަނަ ފިޔަވަހި) ގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަަސައްކަތް ސަރުކާރުން ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ، އެމްޓީސީސީއާއި އެވެ.
މި މަޝްރޫޢުގެ ދަށުން، ސަބްބޭސް ހެދުމާއ،ި އޭބީސީ ފަށަލަ އެޅުމާއި ތާރު އެޅުމާއި މަގުގެ ދުވާރުގެ މަސައްކަތާއި ގްރީން އޭރިއާގެ މަސައްކަތާއި ކޭބަލް ޖަންކްޝަން އަދި ސަރވިސް ލައިން ވަޅުލުމާއި މަގު ބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫޢަކީ 30.46 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ހޯރަފުށީ އެތެރޭގެ މަގުތައް ހެދުމުގެ ފޭސް 1 ގެ ދަށުން ހޯރަފުށި މަގު ހެދުމުގެ ކުރިން އެރަށުގެ ރައްޔިތުންނާއި ރަށުގެ އެއާޕޯޓު ބޭނުންކުރުމަށާއި އެހެނިހެން ބޭނުންތަކަށް އަންނަ ފަރާތްތައްވެސް މީގެ ކުރިން އެންމެ ދަތިވާ ކަމަކަށް ފާހަގަކުރާ އެއް ކަމަކީ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމެވެ. ވިއްސާރަ ވެއްޖެނަމަ ފެން ރަނގަޅަށް ނުހިނދި އެތައް ދުވަހެއް ހުރެއެވެ. މަގުތަކުގައި އަޑިގުޑަން ހެދިފައި ހުރުމުގެ ސަބަބުން ، ހިނގާ މީހުންނާއި އެއްގަމު އުޅަނދުފަހަރަށް އެތައް ދަތިތަކާއި ގެއްލުމާ ކުރިމަތިލާން ޖެހެއެވެ. މީގެ އިތުރުން މަގުތަކުގައި ހިރަފުހުގެ އުނދަގޫވެސް އެހާމެ ބޮޑުކަމަށް ރައްޔިތުން ފާހަގަކުރެއެވެ. ނަމަވެސް ފޭސް 1 ގެ ދަށުން ހޯރަފުށި މަގު ހެދުމުގެ ސަބަބުން މިހާރު މިވަނީ ރައްޔިތުންގެ މި ޝަކުވާތަކަށް ބޮޑު ލުޔެއް ލިބި ގިނަ މަގުތަކެއް ފެންބޮޑުވުމުންނާއ،ި ޗަކަވުމުންނާއ،ި އަޑިގުޑަންވުމާއ،ި ހިރަފުސްވުމުން ލިބެމުންދިޔަ ދަތި އުނދަގުލަށް ބޮޑު ހައްލެއް ލިބިފައެވެ. އަދ،ި ފޭސް 2 ގެ ދަށުން ހޯރަފުށި އެތެރޭގެ މަގުތައް ހެދުމާއެކު މި މައްސަލައަށް ފުރިހަމަ ހައްލެއް ލިބިގެން ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ހޯރަފުށްޓަކީ 3800 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. މި ރަށު ތަރައްގީގެ މަސައްކަތްތަކުގައި އެންމެ ކައިރިން ހިއްސާވި ކުންފުންޏަކީ އެމްޓީސީސީއެވެ. އެގޮތުން ހޯރަފުށި އެއާޕޯޓު މަޝްރޫއު، ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އަދި ހޯރަފުށީ ބޮޑެތި މަގު ހެދުމުގެ ފިޔަވަހި 1 ގެ މަޝްރޫއު ފާހަގަކޮށްލެވެއެވެ. ހޯރަފުއްޓަކީ އިގްތިސާދީ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީގެ އެކި ކަހަލަ މަޝްރޫއުތަކުގައި ބޭނުންކުރުމަށް ގިނަ އަދަދެއްގެ ބަރު ވެހިކަލްތަކާއި، ލޮރީ، ޕިކަޕު އަދި ކާރު ފަދަ އެއްގަމު އުޅަނދުފަހަރު ހަރަކާތްތެރިވާ ރަށެއްކަމުން، ރަނގަޅު ފެންވަރުގެ މަގުތަކެއް ހެދިފައި އޮތުމަކީވެސް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މި ރަށު ރައްޔިތުން ދެކެއެވެ.
ގުޅުންހުރި

ފިޔޯރީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު: ކުއޭ ވޯލް ބްލޮކްގެ ދެވަނަ ޝިޕްމަންޓް އެރަށަށް!

ހޯރަފުށީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަަހީގެ އަމަލީ މަސައްކަތް ފަށައިފި

ވާދަވެރި ކުޅުމަކަށްފަހު އެމްއެމްއޭ ބަލިކޮށް އެމްޓީސީސީ އިން ފެށުން ރަނގަޅުކޮށްފި
