
719ED54A-2845-49DA-A86C-2B5928E21FAA
ގދ.މަޑަވެލި ހޯމް ކަރަންޓީނުގައި ހުރި އިތުރު 2 މީހަކު ކޮވިޑް19 އަށް ފައްސިވެއްޖެ އެވެ.

މަޑަވެލި ކައުންސިލްގެ މެމްބަރު އަޒަމް "ގާފު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފައްސިވެފައިވަނީ ނެގި 7 ސާމްޕަލްގެ ތެރެއިން 3 ސާމްޕަލް ކަމަށެވެ.
އިތުރަށް އަޒަމް ވިދާޅުވީ، އެ ރަށުން ފައްސިވެފައިވަނީ 3 ބިދޭސީންނެވެ. އަދި އެ ތިން މީހުންނަކީވެސް އެއްފަހަރާ، އެއް ގެއެއްގައި ކަރަންޓީނު ވެގެން ތިބި ބައެއް ކަމަށްވެސް އަޒަމް ވިދާޅުވިއެވެ.
ކަރަންޓީނުގައި ހުރި މީހަކު ފައްސިވުމާ ގުޅިގެން އެރަށު ހެލްތު ސެންޓަރ އިން ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރައްވަމުންނެވެ.
އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަރަންޓީން އުސޫލްތަކަށް ފުރިހަމައަށް އަމަލުކުރުމަށް މަޑަވެލި ކައުންސިލުން އިލްތިމާސްކުރެއެވެ. އަދި ރޯގާގެ އެއްވެސް އަލާމާތެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް މަޑަވެލި ހެލްތު ސެންޓަރ އަށް ގުޅުވުއްމަށްވެސް ކައުންސިލުން އެދެއެވެ.
ގުޅުންހުރި

މުއާދުގެ ހެޓްރިކާއެކު ފަރެސްމާތޮޑާ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މަޑަވެލި ސެމީއަށް

"އާއިލީ ގުޅުން ބަދަހިކުރުން'' މައުޟޫގެ ދަށުން މަޑަވެލި ސްކޫލު ބެލެނިވެރިންނަށް މައުލޫމާތުދީފި

މަޑަވެލި ކައުންސިލް ފުޓްސަލް ފިއެސްޓާ : ޕެނަލްޓީގައި އެޓޭކާސް ބަލިކޮށް ރަސްގެފާނު ޗެންޕިއަންކަން ހޯދައިފި
