މީޑިޔާތަކުން އައި ފާޑުކިޔުންތަކަށް ޒިދާން ރައްދުދީފި

ރެއާލް މެޑްރިޑް ގެ ކޯޗު ޒައިނުއްދީން ޒިދާން އަށް މީޑިޔާތަކުން އަންނަ ފާޑުކިޔުންތަކަށް އޭނާ ރައްދުދީފިއެވެ .

ރެއާލަށް އެއް  މި ސީޒަނުގައި ކުރިމަތިވެފައިވާ އެއްމެ ބޮޑު ގެެއްލުމަކީ އެއް ފެންވަރެއްގައި ގިނަ މެޗުތަކެއް ނުކުޅުމެވެ .  އަދި ރެއާލަށް ނަތީޖާ ނެރުމުގައި ވެސް އުނދަގޫތަކެއް ކުރިމަތިވެފައިވާތީ އެ ޓީމުގެ ކޯޗުކަމުން ޒިދާން ވަކިކުރާނެ ކަމަށް ދެކެވޭ ވާހަކަތައް މީޑިއާގައި ދަނީ ދެކެވެމުންނެވެ . އެހެންކަމުން  ޒިދާން ވަނީ  އޭނާ ގެ މުސްތަގުބަލާ ބެހޭގޮތުން މީޑިއާ އިން ހިތަށް ފެންނަ ގޮތަކަށް ބޭނުންހާ ވާހަކަތަކެއް ދެއްކުމަށް ފަހު ފަހުން އޭގެ އޭނާ ދެކޭ ގޮތެއް އަހާތީ ހައިރާންވާ ކަމަށެވެ . ސްޕެއިނުގެ މީޑިއާއިންނާއި ފުޓްބޯޅައިގެ އެކި މީހުން ރެއާލް މެޑްރިޑުގައި އޭނާ ގެ މުސްތަގުބަލާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ގިނަ ވާހަކަތައް  ދެއްކާތީ އޭނާ ވަނީ އެކަމުގެ ހިތްހަމަނުޖެހުން  ފާޅުކޮށްފައެވެ  . ޒިދާން ބުނި ގޮތުގައި  އަދި ކޯޗުކަމުގެ މަގާމު ދޫކޮށްލަންޖެހޭ  ހާލަތަށް ނުދާކަމަށާއި  ލަލީގާ އަދި ޗެމްޕިއަންސް އޮތީ އަދި ކުރިއަށް ކަމަށެވެ .

"އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކާމިޔާބު ހޯދަން މަސައްކަތްކުރާ ގޮތަށް އަބަދުވެސް ރެއާލް ޓީމު އޮންނާނީ،" ޒިދާން ބުންޏެވެ.

ރެއާލްގެ ކޯޗުކަމުގައި ޒިދާން ހޭދަކުރި ފުރަތަމަ ފަހަރު ވަނީ ތިން ފަހަރު ޗެމްޕިއަންސް ލީގު އަދި ސްޕެނިޝް ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ. ދެ ވަނަ ފަހަރަށް ރެއާލްގެ ކޯޗުކަމާ ޒިދާން ހަވާލުވީ 2019 ވަނަ އަހަރުގެ މާޗް މަހުގަ އެވެ. އޭގެ ފަހުން ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީ އަކީ މިދިޔަ ސީޒަނުގެ ލީގެވެ. ރެއާލް ވަނީ މި ފަހަރުގެ ސްޕެނިޝް ކަޕުން ކަޓައިފަ އެވެ. ސީޒަނުގައި ތަށްޓެއް ހޯދުމަށް ދެން އެ ޓީމަށް އޮތީ ލީގާއި ޗެމްޕިއަންސް ލީގެވެ.

ރެއާލް މި ވަގުތު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އެއީ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވުރެ 10 ޕޮއިންޓް ފަހަތުގަ އެވެ. އެތުލެޓިކޯ އަށް 19 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބާސެލޯނާ އާއި ތިން ވަނައިގައި އޮތް ރެއާލަށް ވަނީ 20 މެޗުން 40 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް