
nasheed
ރާއްޖޭގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މިހާރު ރައީސް އަދި އެމްޑީޕީގެ ރައީސް ގދ ތިނަދޫއަށް ވަޑައިގެންފި އެވެ.

ރައީސް ނަޝީދު ތިނަދޫއަށް ވަޑައިގެންނެވީ މިއަދު ހަވީރު އެވެ. ގދ ތިނަދޫ ކައުންސިލްގެ މެމްބަރުންގެ އިތުރުން އެމްޑީޕީގެ އާންމު މެމްބަރުންނާއި ނަޝީދުގެ ސަޕޯޓަރުން ވަނީ ތިނަދޫ ޖެޓީ ސަރަހައްދުން ރައީސް ނަޝީދުއަށް ހޫނު މަރުހަބާ ދަންނަވާފައެވެ.
ނަޝީދު ތިނަދޫއަށް ވަޑައިގެންނެވީ ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހިންގަމުންދާ އަޕްސްކިލިންގ އަދި ޓްރެއިނިންގ ޕްރޮގްރާމްގެ ޑައިވިންގ ދާއިރާއާއިން މީހުން ތަމްރީނުކުރުމަށް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ޔޫމެޓް ސްކޫބާއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތަށެވެ.
ރައީސް ނަޝީދު މިރޭ ތިނަދޫގައި އެމަނިކުފާނުގެ ސަޕޯޓަރުންނާއި އެކު ޚާއްސަ ޖަލްސާއެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން މި ޖަލްސާ އޮންނާނީ ތިނަދޫ އެމްޑީޕީ ހަރުގޭގައެވެ.
ރައީސް ނަޝީދު ތިނަދޫއަށް ކުރައްވާ ދަތުރުފުޅު ނިންމާލެވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައި އެވެ.
ގުޅުންހުރި

ރާއްޖެއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން - ނަޝީދު

ރައީސް އަޒުލުކުރަން އިންޑިއާއިން ރޭވި ކަމުގެ ތުހުމަތަށް ނަޝީދުގެ ރައްދު: އިންޑިއާއިން އެފަދަ ކަމެއް ނުކުރާނެ!

އަނަންތު އަމްބާނީގެ ކައިވެނީގެ ހަފަލާގައި ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި, ހުންނެވީ ވަރަށް ނަލަކޮށް!
