
145038956-215189840331829-4726222848546689449-n
ހުވަދު އަތޮޅުގެ 6 ރަށެއްގެ ފެން ފަށަލަ ދިރާސާ ކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

ބިމުގެ ފެންފަށަލައިގެ ތަފްސީލީ ދިރާސާތައް ކުރުމާއި، ފެން ފަށަލަ އިޔާދަކުރުމަށް ޤާއިމްކުރާނެ ވަސީލަތްތަކުގެ ފީސިބިލިޓީ ހެދުމާއި، ކޮންސެޕްޓް އަދި ޑީޓެއިލްޑް ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދެ ކުންފުންޏަކަށެވެ. އެއީ ރިޔަން ޕްރައިވެޓް ލިމިޓެޑް އަދި އިޕޮކް އެސޯސިއޭޓްސްއާ އެވެ.
އެންވާރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ދެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ރާއްޖޭގެ 19 ރަށެއްގެ ފެން ފަށަލަ ދިރާސާކުރުމަށެވެ. އޭގެ ތެރޭގައި ހުވަދު އަތޮޅުގެ 6 ރަށެއް ހިމެނެއެވެ. އެ ރަށްތަކަކީ:
ގއ. މާމެންދޫ
ގއ. ނިލަންދޫ
ގދ. ފަރެސްމާތޮޑާ
ގދ. ރަތަފަންދޫ
ގދ. ނަޑެއްލާ
ގދ. ހޯޑެއްދޫ
މި 6 ރަށް ހިމެނޭހެން ޖުމްލަ 19 ރަށް ހިމެނޭ މި ޕްރޮޖެކްޓު އެ ދެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ޖުމްލަ 7.2 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ނިންމުމަށް ހުށައަޅާފައިވާ މުއްދަތަކީ ސޮއި ކުރާ ތާރީޚުން ފެށިގެން ނުވަ މަސް ދުވަހެވެ.
މި މަސައްކަތުގެ ތެރޭގައި ރާއްޖޭގެ 29 ރަށެއްގެ ޖުމްލަ 19,871 ރައްޔިތުންގެ އާބާދީއަކަށް ސާފު އަދި ރައްކާތެރި ބޯފެން ފޯރު ކޮށްދިނުމާއި، ފެނުގެ ފަށަލަ ދިރާސާ ކޮށް މޮނިޓަ ކުރުމާއި، ހޫނު މޫސުމަށް ފެނަށް ޖެހޭ ރަށްރަށަށް ފެންފޯރު ކޮށްދޭނެ ޕްލޭން އެކުލަވާލުމާއި، ސެކްޓަރއަށް ބޭނުންވާ މީހުން ބިނާ ކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ފެނާއި ނަރުދާމާގެ ޓެރިފް އަދި ފައިނޭންޝަލް މޮޑެލް އެއް އެކުލާވާލުން ފަދަ މަސައްކަތްތައް ހިމެނެއެވެ.
ގުޅުންހުރި

ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް ހުވަދު އަތޮޅުން ކީ ހޫނު އަދި އެހާމެ ފުރިހަމަ މަރުހަބާއެއް!

ހުވަދުއަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވަނީ

ހުވަދޫ ކަނޑުގައި އޮންނަ "ސަތޯރަހަ ފަރުބަދަ" މެޕްކޮށްފި
