
ދިވެހި ލީގުގެ މެޗުތަށް ކޮވިޑުގެ ކޭސްތަށް އިތުރުވުމާއި ގުޅިގެން ފަސްކޮށްފި
# ދިރާގު# ދިވެހި ޕްރެމެޔާ ލީގުasfaq
ކޮވިޑު ގެ ކޭސްތަށް އިތުރުވުމާއި ސަބަބުން، އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ދިިރާގު ދިވެހި ޕްރިމިޔާ ލީގުގެ މެޗުތަށް ފަސްކޮށްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކު ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، އެޗްޕީއޭއިން އިއްޔެ ނެރުނު އެންގުމުގައި ބުނެފައިވަނީ މިއަދުން ފެށިގެން އެކަނި ކުރާ ކަސްރަތުތައް ފިޔަވައި ކުޅިވަރު ހަރާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓައިލުމަށް އަންގާ ކަމަށެވެ .
އެހެންކަމުން އެޗްޕީއޭ އިން ވަނީ އިއްޔެ ހަވީރު ޓީމު ކުޅިވަރުގެ ގޮތުގައި ހިމެނޭ ހުރިހާ ކުޅިވަރުތަކާއި އެހެނިހެން ކުޅިވަރުތަށް މަލޭ ސަރަހައްދުގައި ކުޅުން ވަކި އެންގުމެއް އަންގަންދެން ހުއްޓާަލަން އަންގާފައެވެ . ނަމަވެސް މިއަށް އަމަލުކުރަން ފަށްޓާފައިވަނީ މިއަދުން ފަށައިގެންނެވެ .
ކޮވިޑް 19އާ ގުޅިގެން މިދިޔަ އަހަރުގެ ފުޓުބޯޅަ ސީޒަން މެދުތެރެއިން ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް ހުއްޓާލަން ޖެހިފައިވާއިރު، އެކަމުގެ ސަބަބުން ކުޅުންތެރިންނާއި ކްލަބުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފަ އެވެ. ހާއްސަކޮށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ފުޓުބޯޅަ އަދި ކުޅިވަރުގެ ތަޖުރިބާކާރުން ވަނީ ލީގު ކުރިއަށް ގެންދިޔުމަކީ ކުޅުންތެރިންގެ ހައްގުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ބުނެފަ އެވެ .