logoEN
cocacola
ކޮވިޑް-19 : މާލެ ސަރަހައްދުގައި ފިޔަވަޅުތަށް ވަރުގަދަކޮށްފި

ކޮވިޑް-19 : މާލެ ސަރަހައްދުގައި ފިޔަވަޅުތަށް ވަރުގަދަކޮށްފި

އަހުމަދު ޝުރާއު

logo

2/2/2021, 7:40:37 PM

Police

ދިވެހި ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުން ގިނަވުމާއި ގުޅިގެން ކޮވިޑަށް އެންމެ ގިނަ މީހުން ފައްސިވަމުން އަންނަ ގްރޭޓަރ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަށް އިތުރަށް ވަރުގަދަކޮށްފިއެވެ.

ގޮސިޔާ

އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަށް އިއުލާންކޮށްފައިވަނީ މިއަދު ހަވީރު ބޭއްވި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައިއެވެ. އަދި މި ފިޔަވަޅުތަކަށް އަމަލްކުރަންޖެހޭ އުސޫލުތަށް މިހާރު ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ވެސް ނެރެފައިއެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް ގެނައި ބަދަލާއެކު ކުރިއަށް އޮތް ދެ ހަފްތާ އަށް ގްރޭޓާ މާލެ ސަރަހައްދުގައި ރޭގަނޑު11 އިން ފަތިހު 4:30 އަށް ކާފިއު އިއުލާނު ކުރަން ވަނީ ނިންމައިފައެވެ. މީގެ އިތުރުން ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރަންވެސް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދެ ހަފުތާއަށް ގްރޫޕް ކަސްރަތު އަދި ކުޅިވަރު ހަރަކާތްތައް މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ. އެހެން ނަމަވެސް އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަސްރަތު ކުރުމުގައި އެކުގައި ދިރިއުޅޭ މީހަކަށް ބައިވެރިވެވޭނެ އެވެ. ހަމައެއާއެކު އެޗްޕީއޭއިން ކަނޑައަޅާ އުސޫލާ އެއްގޮތަށް ހުރިހާ ޖިމްތަކެއް ވެސް އެކަނި ކުރާ ކަސްރަތު ކުރެވޭނެ ގޮތަކަށް ބަދަލުކުރަން ވަނީ އަންގާފަ އެވެ.

ކުރިއަށް އޮތް ދެ ހަފުތާއަށް ކޮލެޖުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިއުމަށާއި މުއްދަތެއް ނެތް ގޮތަށް ޕްރީ ސްކޫލްތައް ބަންދުކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ކޮލެޖްތަކާއި ޔުނިވާސިޓީތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޕްރެކްޓިކަލް ހަރަކާތްތައް ބޭއްވޭނެ ކަން ވެސް އެޗްޕީއޭއިން ވަނީ އުސޫލުގައި ހިމަނާފައިއެވެ.

ހަމައެއާއި އިތުރަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގެ ޕާކުތަކާއި މައިޒާންތަކަށް އާންމުކޮށް މީހުން ދިޔުންވެސް ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ޕާކުތަކާއި މައިދާންތަކުގައި ކަސްރަތު ކުރެވޭނެކަމަށް އުސޫލުގައި ވެއެވެ. މީގެ އިތުރުން ޒަރޫރީ މަސައްކަތަކަށް ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދާން ޖެހޭ ފަރާތްތަކުން 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް ހުށަހަޅަން ޖެހޭ ގޮތަށް ވެސް ވަނީ އަލުން ބަދަލުކޮށްފަ އެވެ.

މިއަދު އެޅި ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.

ރާއްޖެއިން މިހާރު ފެންނަ ކޮވިޑް19ގެ އާ ކޭސްތަކުގެ 30 ޕަސެންޓަކީ ވައިރަހުގެ އާ ވޭރިއަންޓްކަން އެޗްއީއޯސީއިން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައިއެވެ. މިއާއި އެކު ކޮވިޑް-19 ގެ ބިރުވެރިކަން ރާއްޖެއަށް މިވަނީ ބޮޑުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ