
ޕީޕީއެމްގެ އިންތިހާބަކީ ރާއްޖޭގައި ސިޔާސީ މިނިވަންކަން އޮތްކަމުގެ ހެއްކެއް - ފައްޔާޒު
# ފައްޔާޒް އިސްމާއިލް# ޕީޕީއެމްFayyaz Ismail
އިއްޔެ ބޭއްވި އިދިކޮޅު ޕީޕީއެމްގެ އެތެރޭގެ އިންތިހާބަކީ ރާއްޖޭގައި ސިޔާސީ މިނިވަންކަން އޮތްކަމުގެ ހެއްކެއްކަމަށް އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއިލު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އެތެރޭގެ އިންތިހާބާއި ގުޅޭގޮތުން ފައްޔާޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ އެ ހަރަކާތަށް މަރުހަބާ ކިޔާފާއެވެ. އަދި އިދިކޮޅު ފަރާތްތަކުން ބާއްވާ ސިޔާސީ ހަރަކާތްތައް ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރުއޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ މީގެ 5 އަހަރު ކުރިން މަންޒަރު ކިތަންމެހާވެސް ތަފާތުކަމަށާއި ވޯޓުފޮށި ބަލާ އޭރު އައީ ފުލުހުންކަމަށެވެ.
ޕީޕީއެމްގެ އެތެރޭގެ އިންތިހާބަށް އެއްވެސް ހުރަސްތަކެއް ކުރިމަތިނުވެ ކުރިއަށްދިޔައިރު، މީގެކުރިން ޕީޕީއެމްގެ ވެރިކަމުގައި އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ޖާގަ ދީފައެއް ނުވެއެވެ. އެގޮތުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ ވޯޓުލުމަށް ހުރަސް އަޅައި، ވޯޓް ފޮށިތައް ފުލުހުން ގެންގޮސްފައިވެސް އެބަހުއްޓެވެ.
ގުޅުންހުރި

ޕީޕީއެމް އުވާލަށް ނިންމައިފި

އިހްސާން ފައްޔާޒަށް: ކޮންމެ ކަމެއް ސިޔާސީ ކުޅިވަރަކަށް ހެދުން ވަރަށްވެސް ޢައިރު ޒިންމާދާރު!

ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުން ބޮޑު ކުށަކަށް ވެއްޖެ - ފައްޔާޒު
