
ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުން ބޮޑު ކުށަކަށް ވެއްޖެ - ފައްޔާޒު
# ފައްޔާޒް އިސްމާއިލް# އެމްޑީޕީ--
ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުން މިއަދު ބޮޑު ކުށަކަށް ވެއްޖެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ އެމްޑީޕީގެ އިސް އެކްޓިވިސްޓަކު އެކްސްގައި ކުރި ޕޯސްޓަކާއި ގުޅިގެން ފުލުހަށް ހާޒިރުކުރުމަށް ޗިޓު ފޮނުވުމާއި ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެގޮތުން ފުލުހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވާފައިވަނީ އެމްޑީޕީގެ ހަރަކާތްތަކުގެ އިސްކޮށް އުޅޭ ހުސެއިން ޝާފިއު އަށެވެ. ޝާފިއު އަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ އޭނާގެ އެކްސް ހޭންޑަލްއިން ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިރުވެރިކަން އުފެދޭގޮތަށް ޕޯސްޓުކޮށްފައިވާ މައްސަލައާއި ގުޅިގެން ސުވާލުކުރުމަށް ފުލުހަށް ހާޒިރުވުމަށެވެ.
މި ޗިޓުގެ ފޮޓޯއަކާއި އެކު ފައްޔާޒު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު"ގެ ހިމާޔަތުގައި ކައުންސިލަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ. އަދި ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެއްޖެ ކަމަށާއި ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ ކަމަށާއި މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެ ކަމަށެވެ.
ގުޅުންހުރި

އައްޑޫ ރައްޔިތުންގެ ބިންތައް އަތުލުން ހުއްޓާލުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފި

އެމްޑީޕީގެ އަސާސީ ޤަވާއިދާއި ހިންގުން އިޞްލާޙުކުރާ މަގުޗާޓު އެކުލަވާލުމަށް 10 މެންބަރުންގެ ކޮމިޓީއެއް: މުގައްރަަރަކީ ފައްޔާޒު!

ޑޮލަރުގެ ތާށިކަމަކީ އެމްޑީޕީ ވެރިކަމުގައި ފައިސާ ޗާޕުކުރުމުގެ ނަތީޖާ: ސައީދު




