
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް, ޕީޕީއެމް އުވާލަން ނިންމައިފި އެވެ.

މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރީ ޕީޕީއެމް އުވާލަން ނިންމާފައިވަނީ އެޕާޓާއި އެކުއެކީ އުފައްދާފައިވާ މިހާރުގެ ވެރިކަން ކުރާ ޕީއެންސީގެ ޗޮއިންޓު ސެނެޓުންނެވެ. އެގޮތުން އެ ޕާޓީ އުވާލަން ނިންމީ މިއަދު ޕީއެންސީގެ އޮފީހުގައި ބޭއްވި ސެެނެޓް ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ. ފާސްވާން ބޭނުންވަނީ38 ސެނެޓަރުންގެ ވޯޓެވެ.
މިއަދުގެ ވޯޓުގައި ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ސެނެޓަރުންވެސް ނިންމީ ޕީޕީއެމް އުވާލަން ހުށަހެޅުމަށެވެ.
ޕާޓީ އުވާލަން ނިންމުމަށްޓަކައި މަގުފަހިކުރުމަށް މިއަދުގެ ސެނެޓު ބައްދަލުވުމުގައި އެޕާޓީގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ވަނީ ގެނެސްފައި އެވެ. އެގޮތުން ގެނައި ބަދަލުތަކަކީ ޕާޓީ އުވާލަނީ 3/4 ސެނެޓަރުންގެ އަގުލަބިއްޔަތުން ކަމަށް ބުނާ މާއްދާ، 2/3 އަގުލަބިއްޔަތަށް ބަދަލުކުރާ ގޮތަށް ހެދުމާއި މާލީ ސަބަބުތަކަށްޓަކައި ޕާޓީ އުވާލަން ޖެހޭ ނަމަ ހުށަހެޅުމަށް އޮންނަ މާއްދާ ލީޑާޝިޕަށް ފެނިއްޖެ ނަމަ ހުށަހެޅޭ ގޮތަށް ބަދަލުކުރުމެވެ.
ޕާޓީ އުވާލުމުގެ ވޯޓަށް އަހާފައިވަނީ އާސާސީ ގަވާއިދަށް އެބަދަލުތައް ގެނައުމަށްފަހުގައި އެވެ.
ޕީޕީއެމްއަކީ ރައީސް މައުމޫންގެ ފިކުރުން އުފަންވި ސިޔާސީ ޕާޓީއެކެވެ. އެގޮތުން އޭރުގެ ޑީއާރުޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއި އެމަނިކުފާނުގެ ސަޕޯޓަރުން ޑީއާރުޕީން ވަކިވެވަޑައިގެން ޕީޕީއެމް އުފެއްދެވި އެވެ. އެޔަށްފަހު 2015 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެޕާޓީގެ ޓިކެޓުގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އެވެ.
ޕީޕީއެމް ވެގެން ގޮސްފައިވަނީ ރާއްޖޭގައި އެންމެ ގިނަ މެމްބަރުން ތިބި ދެވަނަ ސިޔާސީ ޕާޓީއަށެވެ.
ގުޅުންހުރި

ޕީޕީއެމް އުވާލަށް ނިންމައިފި

ޕީޕީއެމް އެތެރޭގެ އިންތިޚާބުގައި ތިނަދޫގައި ވޯޓު ކަރުދާސް ޕްރިންޓުކޮށް އިންތިޚާބު އޮޅުވާލިކަމުގެ ތުހުމަތުތަކެއް

ޕީޕީއެމްގެ އިންތިހާބަކީ ރާއްޖޭގައި ސިޔާސީ މިނިވަންކަން އޮތްކަމުގެ ހެއްކެއް - ފައްޔާޒު
