logoEN
cocacola
މާބަނޑު މީހުން ޕްލާސްޓިކް ފުޅީގައި ފެން ބޯކަށް ނުވާނެ!

މާބަނޑު މީހުން ޕްލާސްޓިކް ފުޅީގައި ފެން ބޯކަށް ނުވާނެ!

އަޙްމަދު ޖަމީލު

logo

11/12/2020, 4:51:20 PM

# ސިއްހަތު# މާބަނޑު

drink_water_from_plastic_bottles_1521452334_725x725

މާބަނޑު ދުވަސްވަރު ބަލައިގެން ކެއުމަށާއި، އުޅެން އަބަދު އެންމެ ނަސޭހަތްތެރިވެ އެވެ. ހާއްސަކޮށް މި ޒަމާނަކީ މާބަނޑު އިރު ބަލައިގެން އުޅުން އިތުރު ކުރަންޖެހިފައިވާ ޒަމާނެކެވެ. ކާ ކޮންމެ އެއްޗަކާއި ބޯ ކޮންމެ އެއްޗަކީ އެތައް ކެމިކަލެއް އަޅައިގެން ތައްޔާރުކޮށްފައި ހުންނަ އެއްޗެހި ކަމުން އޭގެ ސަބަބުން ބަނޑުގައި އޮންނަ ދަރިފުޅަށް ގެއްލުން ލިބޭނެތީ އެވެ.

ގޮސިޔާ

ކެނެޑާގެ ސާލެޓަން ޔުނިވާސިޓީން ކުރި ދިރާސާގައި ބުނެފައިވަނީ ޕްލާސްޓިކް ފުޅީގައި ފެން ބުއިމުން ބަނޑުގައި އޮންނަ ކުއްޖާއަށް ނުރައްކާ މިންވަރަށް ފަލަވާ ކަމަށެވެ. މިހެންވަނި ޕްލާސްޓިކް ފުޅީގައި ހުންނަ ބިސްފެނޯލް އޭ ކިޔާ ކެމިކަލްއެއްގެ ސަބަބުން ކަމަށް ބުނެފައިވެ އެވެ.

މި ދިރާސާ ކުރުމަށް އެމީހުންވަނީ ބަނޑުބޮޑު ދެ މީދާ ބޭނުންކޮށްފައި އެވެ. އެގޮތުން ބިސްފެނޯލް އޭ އަޅާފައި ހުރި ކާއެއްޗެހި އެއް މީދާ ބަނޑުބޮޑު އިރު ދިނުމުން ވިހޭ މީދަލުގައި އެ ކެމިކަލްގެ އަސަރު ނުރައްކާ ބޮޑު މިންވަރަށް ހުރި ކަމަށްވެ އެވެ. އެހެންވެ ދިރާސާ ކުރި މީހުން ބުނެފައިވަނީ އެ ކެމިލަކްގެ އަސަރު އިންސާނުންނަށްވެސް މިގޮތަށް ކުރާނެ ކަމަށެވެ.

ބިސްފެނޯލް އޭ އަކީ ޕްލާސްޓިކުން ހަރު އެއްޗެހި ހަދަން ބޭނުން ކުރާ ކެމިކަލެކެވެ. އެ ކެމިކަލްގެ ސަބަބުން ހަށިގަނޑުގެ އެންޑޮކްރިން ސިސްޓަމް ބަލިކަށިވެ، ހޯމޯމްތައް ހަލާކުކޮށްލާ، ހެދިބޮޑުވުމަށް އަސަރު ކުރެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ