
210124175341-indianapolis-shooting-wthr-exlarge-169
އިންޑިއާނާޕޮލިސްގެ 17 އަހަރުގެ ކުއްޖަކު އޭނާގެ އާއިލާގެ ގިނަ ބަޔަކު މަރާލައިފިއެވެ.

17 އަހަރުގެ ރޭމަންޑް ޗައިލްޑްސް ވަނީ އޭނާގެ ބޭބެއާއި، ބައްޕައާއި، ދޮންމަންމަގެ އިތުރުން އޭނާގެ 13 އަހަރުގެ އަންހެން ކޮށްކޮވެސް މަރާލާފައެވެ. އަދި އޭނާގެ ބޭބެގެ ބަނޑުބޮޑު ލޯބިވެރިޔާވެސް ވަނީ މަރާލާފައެވެ. ހަމައެހެންމެ އޭނާ ވަނީ އެ އެންމެން މަރާލިފަހުން އެ ގެއައް ދިޔަ އޭނާގެ ބޭބެއެއް މަރާލަންވެސް މަސައްކަތް ކޮށްފައެވެ.
މިހާދިސާ ހިނގާފައިވަނީ ޗައިލްޑްސް ހުއްދަ ނުހޯދައި ގެއިން ބޭރަށް ދިއުމުން އޭނާގެ ބައްޕަ އޭނާއަށް އަދަބު ދިން ފަހުންކަމަށް ކޯޓުން ނެރެފައިވާ ލިޔުންތަކުގައި ވެއެވެ.
މިއާއެކު އެ ޤައުމުގެ ކޯޓުންވަނީ އޭނާގެ މައްޗަށް ބަނޑުގައި އޮތް ދަރިފުޅު ލައިގެން 6 މީހަކު މެރުމުގެ ދައުވާއާއި، މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާގެ އިތުރުން ލައިސެންސަކާ ނުލައި ބަޑިއެއް ގެންގުޅުމުގެ ކުށުގެ ދައުވާ ކޮށްފައެވެ. އަދި އޭނާ ކޮށްފައިވާ ކުށްތަކަށާއި އުމުރަށް ބެލުމަށްފަހު އަދަބު ދޭއިރު އޭނާ ބަލާނީ ބޮޑު މީހެއްގެ ގޮތުގައި ކަމަށް ޕްރޮސެކިއުޓަރ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އިންޑިއާނާޕޮލިސްގެ މެޓްރޯ ޕޮލިސް ޗީފް ބުނެފައިވަނީ މި ހާދިސާއަކީ މިދިޔަ 10 އަހަރު ތެރޭގައި އެ ސިޓީގައި އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރާލި ހާދިސާކަމުގައެވެ.