logoEN
cocacola
ޒިމާމަން: ކާޑެއްދޫގެ މަލަމަތި ފުރިހަމަ ކޮށްދިނުމުގެ ނާރެސް

ޒިމާމަން: ކާޑެއްދޫގެ މަލަމަތި ފުރިހަމަ ކޮށްދިނުމުގެ ނާރެސް

# ވިޔަފާރި

IMG_9825

ގދ. ކާޑެއްދޫއަށް ޒިޔާރަތްކޮށް ކާޑެެއްދޫއިން ޚިދުމަތް ހޯދި ގާތްގަޑަކަށް ހުރިހާ ފަރާތެއްގެ ވެސް ޝަކުވާތަށް ވަރަށްވެސް ގިނައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ޝަކުވާއަަކަށްވީ، ކާޑެއްދޫއަކީ ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކަަށް ހާއްސަ އެންމެ ދުވަސްވީ އެއް އެއަރޕޯޓަށް ވެފައި، އެ އެއަރޕޯޓްގައި ބަނޑުފުރާނަ މުއްތިކޮށްލަން އިށީންނާނެ ރަނގަޅު ތަނެއް ނެތްކަމުގެ ޝަކުވާއެވެ. ނަމަވެސް، ކަނޑުގެ އޮއިވަރުވެސް އަބަދު އެއްގޮތަކަށް ނޯންނަ ފަދައިން، ކާޑެއްދޫވެސް ބަދަލުވެ ކުރިއަރަމުންދާތަން ފެންނަން ފެށިއެވެ. ރަނގަޅު އަދި ފުރިހަމަ ޚިދުމަތްތަށް ގާއިމްވެގެން ދާތަންވެސް ފެންނަން ފެށިއެވެ. އޭގެ އެންމެ ބޮޑު އެއް ކުރިއެރުމަކީ މިއަދު ކާޑެއްދޫގައި ގާއިމްކޮށްފައިވާ "ޒިމާމަން"ގެ ކާޑެއްދޫ ރެސްޓޯރެންޓްކަން ގައިމެވެ.

ގޮސިޔާ

މީގެ ކުރިން ކާޑެއްދޫގެ ކެންޓީން ނުވަތަ ރެސްޓޯރެންޓު އެކި ފަރާތްތަކުން ވަނީ ހިންގާފައެވެ. ނަމަވެސް މީގެ ކުރިން އެތަނުން ދެވެން ޖެހޭ އެންމެ ފުރިހަމަ ޚިދުމަތް ދަތުރުވެރިންނަށް ލިބިފައި ނުވާ ކަމީ އެންމެންވެސް ޤަބޫލުކުރާނެ ޙަޤީޤަތެކެވެ.

މިއަދު ގދ. ކާޑެއްދޫގައިވެސް "ޒިމާމަން"ގެ އައުޓްލެޓްއެއް ހުޅުވި ޚިދުމަތް ދެމުންގެންދާއިރު، މި ތަނަކީ މުޅި ކާޑެއްދޫގެ ގާތްގަޑަކަށް 27 އަހަރު ދުވަހުގެ ރާސްތާގައި ތަރައްގީ ކުރެވުނު އެންމެ ފުރިހަމަ އެއް ތަންކަން ގައިމެވެ. ޒިމާމަންގެ މެނޭޖްމަންޓުން އެކަން ދައްކައިފިއެވެ. މީގެ ކުރިން މާ ބޮޑު ޚާއްސަކަމެއް އެތަނުން ފެނިގެން ގޮސްފައި ނެތް ނަމަވެސް މިއަދު އެތަނަކީ ހައިބަތު ހުރި ފެންވަރު ރަނގަޅު ރެސްޓޯރެންޓެއް ކަން ދުރުން ބަލައިލިޔަސް ޔަގީންވާނެ އެވެ.

ގާތްގަަޑަކަށް 80 އަށް ވުރެ ގިނަ މީހުންނަށް އެއްފަހަރާ ޑައިންއިން ކުރެވޭގޮތަށް މިމަހުގެ 23 ވަނަ ދުވަހު ހުޅުވި މި ރެސްޓޯރަންްޓަކީ މިއަދު ކާޑެއްދޫގެވެސް އެންމެ ބޮޑު އެއް އުފަލެވެ. ޒިމަމަން ގެ އައުޓްލެޓާއެކު ކާޑެއްދޫގެ ޒަމާންވީ "ބައު" މަންޒަރު އެއްކޮށް ބަދަލުކޮށްލައިފިއެވެ. ޒަމާންތަކަކަށް ފަހު ކާޑެއްދޫ ކުރިއަރައިގެން ދިޔުމުގެ ރާސްތާގައިވެސް "ޒިމާމަން" ގެ ދައުރު ބޮޑުކަން ކަށަވަރެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކާޑެއްދޫގެ ގާރޑެން އޭރިއާގައި "ޒިމާމަން" ރެސްޓޯރަންޓް ފުޅާކުރެވި، އިތުރަށް ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް "ޒިމާމަން"އިން މަސައްކަތް ކުރަމުންދާއިރު، މިއީ މުޅި ކާޑެއްދޫއަށްވެސް ލިބޭނެ އިތުރު އާރޯކަމެއް ކަން އެއްވެސް ރައްޔިތަކު ޝައްކެއް ނުކުރާނެ ކަން ޔަގީނެވެ.

undefined

ދެހާސް ސޯޅަ ވަނަ އަހަރުގެ ޖުލައި 26 ގައި ވުޖޫދަށް އައި "ޒިމާމަން ރެސްޓޯރަންޓް" އަކީ، މިއަދު މުޅި ތިނަދޫ އަދި ހުވަދޫގައިވެސް އެންމެ ކުލަ ގަދަކޮށް ނަން ފަވާލެވޭ އެއްތަނެވެ. ޖުމްލަ ގާތްގަޑަކަށް 7 ސްޓާފުންނާއި، 40 ކަސްޓަމަރުންގެ ކެޕޭސިޓީއާއެކު ތިނަދޫގެ ކުޑަ ތަނެއްގައި ހުޅުވުނު މި ރެސްޓޯރެންޓަކީ މިއަދު މުޅި ތިނަދޫގައިވެސް ހުރި އެއްވަނަ ރެސްޓޯރެންޓޭ ބުނުމުންވެސް ދޮގަކަށް ނުވާނެކަން ގައިމެވެ. ސްޓާފުން މަދަކަސް، ތަންކޮޅު ކުޑަޔަސް، ފުރަތަމަވެސް ފެށި ހަލުވި ދުވެލީގައި ކުރިއަރަމުންގޮސް، "ޒިމާމަން" ރެސްޓޯރަންޓް ފުޅާވެގެން ދިޔައީ ވަރަށް ވެސް ބާރު ދުވެއްޔެއްގައެވެ. މިއަދު ތިރީހަށް ވުރެ ގިނަ ސްޓާފުންނާއި، 160 މީހުންނަށް ވުރެ ގިނަ މީހުންނަށް އެއްފަހަރާ ޚިދުމަތް ހޯދޭ ޖާގަ "ޒިމާމަން ރެސްޓޯރަންޓް" ގައި ހުރިކަމީ މީގެ އެންމެ ބޮޑު އެއް ހެއްކެވެ. އަދި ހަމައެހެންމެ، އަމިއްލަ ގޯތީގައި ކުރިން ކުޑަ ތަންކޮޅެއްގައި ހަދައިގެން ކުރިއަށް ގެންދިޔަ މި ރެސްޓޯރަންޓް މިއަދު ފުޅާވެ، އެކި ތަންތަނަށް ކޭޓަރ ކޮށްދިނުމުގެ ހިދުމަތް މިއަދު "ޒިމާމަން" އިން ކޮށްދެމުން އަންނަކަމީވެސް މީގެ އެންމެ ފާހަގަ ކޮށްލެވޭ އެއްކަމެވެ.

ރެސްޓޯރެންޓް ވިޔަފާރިން ފެށި ޒިމާމަން އަކީ މިހާރު ފުޅާވަމުން އަންނަ ބޮޑު ކުންފުންޏެކެވެ. ޒިމާމަން" އަކީ ގދ.ތިނަދޫގައި މިހާރު ގެސްްޓްހައުސްވެސް ހިންގަމުންދާ ވިޔަފާރިއެކެވެ. "ޒިމާމަން އިން" ގެ ނަމުގައި ގާއިމްކުރެވި ކުރިއަށް ގެންދަމުންދާ ޒިމާމަންގެ ގެސްޓްހައުސްއަކީ ޖުމްލަ 8 ރޫމްގެ ފުރިހަމަ ކެޕޭސިޓީހުރި ވަސީލަތްތައް މުއްސަނދި ގެސްޓްހައުސްއެކެވެ. އެކި އެކި ދާއިރާތަކުން ތިނަދުއާއި މުޅި ހުވަދޫއަށް ކުރިއެރުން ހޯދައި، ވަޒީފާގެ ފުރުސަތުތައް ޒުވާނުންނަށް ހޯދައިދިނުމަކީ "ޒިމާމަން"ގެ އެންމެ ބޮޑު އެއް އަމާޒަށް ވާއިރު، އެކަން "ޒިމާމަން" އިން ކުރަމުންގެންދަނީ ވަރަށްވެސް ފުރިހަމައަށް ކަމީ އެއްވެސްް ޝައްކެއް އޮތްކަމެއް ނޫނެވެ.

"ޒިމާމަން" ގެ ހަމައެކަނި ބޭނުމަކީ ވިޔަފާރި ކުރުމެއްވެސް ނޫނެވެ. ރަށަށް އަދި މުޅި ހުވަދޫއަށް އެކި ގޮތްގޮތުން ކުރިއެރުން ލިބޭ ގިނަ ކަންކަމުގައި މިހާރުވެސް "ޒިމާމަން"ގެ ދައުރު ވަރަށްވެސް ބޮޑެވެ. ތިނަދޫގައި "ޒިންމާރމޭން"ގެ ސްޕޮންސަރގެ ދަށުން ނުކުޅޭ މުބާރާތެއް މަދުވާނެއެވެ. އިޖްތިމާއީ ކޮންމެ ފަދަ ހަރަކާތެއްގައިވެސް އެންމެ ކުރީގައި އަބަދުވެސް ގުނާލެވޭ ވިޔަފާރިތަކުގެ ތެރޭގައި "ޒިމާމަން" ހިމެނޭނެ އެވެ. އެކަމަކީ، މަސްރޭހަކަސް، ފުޓްސެލްއަކަސް އަދި އެހެން ކޮންމެ ކުޅިވަރަކަށްވިޔަސް މެއެވެ.

"ގާފު" އޮންލައިނުން އެދެނީ ޒިމަމަން އަށް އިތުރު ކުރިއެރުމާއި ފާގަތި ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ