logoEN
ކޮކާކޯލާ
އައިޖީއެމްއެޗްގެ ހިޔަލަ ވިންގުގެ ބައެއް ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް

އައިޖީއެމްއެޗްގެ ހިޔަލަ ވިންގުގެ ބައެއް ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް

އައިޝަތު އިފާޝާ

logo

10/17/2022, 11:30:17 AM

# ދަރުމަވަންތަ ހޮސްޕިޓަލް# އައިޖީއެމްއެޗް

B07A44CC-A84C-4BA5-8AAF-F9B33574A4CA

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްގެ މާބަނޑުމީހުންނާ ތުއްތު ކުދިންނަށް ޚާއްސަ އިމާރާތް، ހިޔަލަ ވިންގުން ދެމުންދާ ބައެއް ޚިދުމަތްތައް ވަގުތީގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

އަބުޅޯ

އައި.ޖީ.އެމް.އެޗުން ވިދާޅުވީ، މި ބަދަލު ގެނެސްފައިވަނީ ހިޔަލަ ވިންގުގައި ބަލިމީހުން އަރާ ފޭބުމަށް ބޭނުންކުރާ ލިފްޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާގުޅިގެންކަމަށެވެ. އަދި އިމާރާތުން ދެމުންދާ ބައެއް ޚިދުމަތްތައް ދަރުމަވަންތައިގެ 12، 16 އަދި 17 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާކަމަށެވެ.

މިގެނެވުނު ބަދަލާއެކު ހިޔަލަ ވިންގުގެ 2 ވަނަ ފަންގިފިލާއިން ދެމުންދާ އިމަރޖެންސީ ޚިދުމަތްތައް ހޮސްޕިޓަލުގެ ޓްރޯމާ އެންޑް އިމަރޖެންސީ ޑިޕާޓްމަންޓުގެ (އަވަސްފަރުވާގެ ޚިދުމަތްދޭ ތަން) އައިސޮލޭޝަން އޭރިއާއަށް ވަގުތީ ވަނީ ބަދަލުކޮށްފައެވެ. އަދި ހިޔަލަ ވިންގުގެ އެހެން ފަންގިފިލާތަކުގައި އެޑްމިޓްކުރެވޭ ބަލިމީހުން ދެން އެޑްމިޓްކުރާނީ ދަރުވަމަންތަ ހޮސްޕިޓަލުގެ 12، 16 އަދި 17 ވަނަ ފަންގިފިލާގައެވެ.

ހިޔަލަ ވިންގުގެ ފުރަތަމަ ފަންގިފިލާއިން މިހާރު ދެމުންދާ އޯޕީޑީގެ ޚިދުމަތްތަކަށް ބަދަލެއް ނައިސް މިހާރެކޭ އެއްފަދައިން ހިޔަލަ ވިންގުން ލިބޭނެކަމަށް އައި.ޖީ.އެމް.އެޗްއިން ވިދާޅުވެއެވެ. އަދި ހިޔަލަ ވިންގުގެ 10 ވަނަ ފަންގިފިލާއިން ދެމުންދާ އިންޓެންސިވް ކެއަރ، އެން.އައި.ސީ.ޔޫގެ ޚިދުމަތްތައްވެސް ބަދަލެއް ނައިސް މިހާރެކޭ އެއްފަދައިން ހިޔަލަ ވިންގުން ލިބޭނެކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

އައި.ޖީ.އެމް.އެޗްއިން ވިދާޅުވީ، މިބަދަލާއެކު ބެޑް ކެޕޭސިޓީ ދަށްވެ، އެނދުމަތިކުރެވޭ ބަލިމީހުންގެ އަދަދު މަދުކުރެވުމާގުޅިގެން ބައެއް ޚިދުމަތްތައް ދިނުމަށް ބުރޫއެރުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. އަދި ދުރާލާ ޝެޑިއުލްކޮށްފައިވާ ބައެއް ސަރޖަރީތައް ވަގުތީގޮތުން މަޑުޖައްސާލެވިގެންދާނެކަމަށެވެ.

ހިޔަލަ ވިންގުގެ ބަލިމީހުން ބޭނުންކުރާ ލިފްޓަށް ދިމާވި މައްސަލަ ވީހާވެސް އަވަހަށް ޙައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ. އަދި މި މައްސަލަ ހައްލުކުރެވުނުހާ އަވަހަކަށް ހިޔަލަ ވިންގުން ދެމުންދިޔަ ޚިދުމަތްތައް އަލުން އިމާރާތަށް ބަދަލުކުރެވިގެންދާނެކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ